ރާއްޖޭގެ ދެކުނަށް ނިސްބަތްވާ ގއ.ވިލިގިއްޔަކީ ބިން ބޮޑު އަދި އާބާދީވެސް ބޮޑު ރަށެކެވެ. މި ރަށުގެ ފެނުގެ ނިޒާމު ޤާއިމު ކުރުމުގެ މަޝްރޫއުގެ ދަށުން 2017 ވަނަ އަހަރުގެ މެއި މަހުގެ 4 ވަނަދުވަހު ސަރުކާރުންވަނީ ޚިދުމަތް ދިނުމަށް މަސައްކަތް ފަށާފައެވެ. މި މަޝްރޫއުއަކީ 2018ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް ނިންމަންޖެހޭ މަސައްކަތެކެވެ.
މިމަޝްރުޢާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ވިލިނގިލި ކައުންސިލުން ވިދާޅުވީ އެމަސައްކަތް ނުނިމި ލަސްވެފައިފައިވަނީ ކުރީގެ ސަރުކާރުން މިޝްރޫޢާމެދު ފަރުވާކުޑަކުރުން ކަމަށެވެ. އަދި ނަމެއްގައި ޕްރޮޖެކްޓްތައް ހިންގުމުން ލިބޭ ގެއްލުންވެސް މިއަދު ފެނިގެންދާކަމަށްވެސް ކައުންސިލުން ވިދާޅުވެއެވެ.
މިމަޝްރުޢު ހިންގުމުގައި ދިމާވި މައްސަލައަކީ މަގުތަކުގައި ހޮޅިވަޅުލުމަށް ތާރުއެޅިމަގުތަކުގެ ތާރުގަނޑުންބައެއް ކަފައި ނަގައި ޕޭވްމެންޓްތައްވެސް ނަގަންޖެހުމެވެ. ތާރު ކެނޑުމައްފަހު ތާރުގެ ބަދަލުގައި އެތަނުގައި ތަޅުންއަޅަން ޕްލޭންކޮށްފައި އޮތުމަކީ ވިލިނގިލީ ކައުންސިލުން ބޭނުންވާގޮތެއްނޫނެވެ. މަސައްކަތާއި ހަވާލުވެފައިވާ ކުންފުނިން މިކަން މިގޮތައް ކުރަން ބޭނުންވިނަމަވެސް ކައުންސިލުން ތާރުގެ ބަދަލު ތަޅުން އަޅަން އެއްބަހެއްނުވެއެވެ. އެހެންކަމުން ކަމާގުޅޭ ފަރާތްތަކާއި މަޝްވަރާކުރުމަށްފަހު ވީއެންމެ އަވަހަށް މަސައްކަތް ފެށުމަކީ އަމާޒެއްކަމަށް ކައުންސިލުން ވިދާޅުވެއެވެ.
މިމައްސަލަ މިހެން އޮތްކަމުގައިވިޔަސް މިހާރުގެ ސަރުކާރުން މިމަޝްރޫއުގެ މަސައްކަތް މިހާރު އަލުން ފަށާފައިވާކަމަށް ވިލިނގިލީ ކައުންސިލުން ވިދާޅުވެއެވެ. އެގޮތުން ތާރު ނާޅައިހުރި ހުރިހައި މަގެއްގައި މައި ހޮޅިތައް އަޅައި ނިމިފައިވާކަމަށާ އެރަށުގައި އަލަށް ހިއްކާފައިވާ ސަރަހައްދުގެ މަސައްކަތް ނިންމައި ފެން ޓެސްޓްވެސް ކޮށްފައިވާކަމަށް ކައުންސިލުން ވިދާޅުވެއެވެ. ފެން ހޮޅި ވަޅުލުމުގެ މުޅި މަސައްކަތުގެތެރެއިން މިހާރު ދިމާވެފައިވާ ދައްޗަކީ ތާރުއަޅާފައިވާ މަގުތަކުގައި ހޮޅި އަޅާނެ ގޮތަކާމެދު ގޮތެއް ކަނޑަނޭޅި އޮތުމެވެ.
ވިލިނގިލީ ކައުންސިލްގެ ރައީސް މުސްޠަފާ ވިދާޅުވީ މިމަޝްރޫއުގެ މަސައްކަތް ކުރިއަށްއޮތް ހަމަސްދުވަހުގެތެރޭގައި ނިމޭނެކަމަށް އުންމީދުކުރައްވާކަމަށެވެ. އަދި ކައުންސިލާއި ރަށުގެ ރައްޔިތުންގެ ފަރާތުން ލިބެންވާ އެންމެހައި އެއްބާރުލުމެއް ދެމުން ގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މިމަސައްކަތައް ބޭނުންވާ ހުރިހާ ވިސީލަތްތަކެއް ހަމަވެފައިވާކަން ފާހަގަކުރައްވައި މުސްތަފާ ވިދާޅުވީ މަސައްކަތް އަވަސް މުއްދަތެއްގައި ނިމުމަކީ ކައުންސިލުގެ ވަރަށްބޮޑު އެދުމެއްކަމަށެވެ.
ދ.ކުޑަހުވަދޫއާއި ތ.ގުރައިދުއާއި ގއ.ވިލިނގިލީގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫއުގެދަށުން ފަށާފައިވާ މަސައްކަތް މިހާރުވަނީ ނިމުމަކާއި ގާތްވެފައެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރުވެސް ގިނަ މަޝްރޫއުތަކެއް ކުރިއަށްއެބަ ގެންދެއެވެ.
ވިލިނގިލީ ފެނުގެ ނިޒާމުގެ މަޝްރުޢު ކުރިއަށް ގެންދަނީ ދިވެހި ސަރުކާރާއި އޮފިޑް ފަންޑުން ޚަރަދުކޮށްގެންނެވެ. މިމަސައްކަތް ޙަވާލުކޮށްފައިވަނީ ޖޭވީ އެންޖެލިކް އިންޓަރނޭޝަނަލް ލިމިޓެޑާއި އަޔަން އެކްސްޗޭޏްޖް ލިމިޓެޑާއެވެ.