ތޭރަ އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމަށް ރާއްޖޭން ބޭރުގެ ތިން ވަކީލަކު އިތުރުކުރެވިފައިވާކަމަށް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.މި ޓީމަށް އަލަށް ގުޅުނީ އަމާލް ކްލޫނީ އާއި ޖެރަޑް ޖެންސާއާއި ބެން އެމާސަން ނަމަކަށްކިޔާ ބޭރުގެ ތިން ވަކީލުން ކަމަށް ނަޝީދުގެ ގާނޫނީ ޓީމުން ބުނެފައިވެއެވެ.މި ބޭފުޅުންނަކީ ބައިނަލް އަގުވާމީ ކޯޓްތަކުގައި މަސައްކަތް ކުރައްވާފައިވާ ތަޖުރިބާ ހުރި ވަކީލުންކަމުގައި ވެސް ރައީސްނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައިވެއެވެ.