ތިމާވެށި

ނ.އަތޮޅުގެ 4 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތަކެއް ހަދަނީ


ނ.އަތޮޅުގެ ހަަތަރު ރަށެއްގައި  ކުނި މެނޭޖްކުރާ މަރުކަޒުތައް އިމާރާތްކުރުމަށާއި ރ.ވަންދޫ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ޤާއިމްކުރެވޭ އިންސިނެރޭޝަން ޕްލާންޓުގެ ޝެޑް އިމާރާތްކުރުމުގެ އެއްްބަސްވުމުގައި ދެކުންފުންޏަކާއެކު އެންވަޔަރަމަންޓް މިނިސްޓްރީން ސޮއިކޮށްފިއެވެ.އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ ޠާރިޤް އިބްރހީީމްއެވެ.ރ.ވަންދޫގައި ޤާއިމްކުރާ އިންސިނެރޭޝަން ޕްލާންޓުގެ ޝެޑް އިމާރާތްކުރުމުގެ ކޮންޓްރެކްޓް ޙަވާލުކޮށްފައިވާ ވީ އަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ މުޙައްމަދު އަބްދުﷲއެވެ. އަދި ނ.އަތޮޅުގެ ރަށްތަކުގައި ކުނިމެނޭޖްކުރާ މަރުކަޒްތައް އިމާރާތްކުރުމަށް ޙަވާލުކޮށްފައިވާ ސަރޫޙު ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އައްބާސް އަބްދުﷲއެވެ.ނ.އަތޮޅުގައި ކުނިމެނޭޖްކުރާ މަރުކަޒްތައް ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ ނ.ޅޮހީ، ނ.މާޅެންދޫ، ނ.ފޮއްދޫ އަދި ނ.މަގޫދޫ ގައެވެ.ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ، ރަށްރަށުގައި ކުނިމޭންޖް ކުރުމުގެ މަރުކަޒްތައް ޤާއިމްކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.މިނިސްޓަރ ވިދާޅުވީ، ރ،ބ،ޅ، އަދި ނ.އަތޮޅުގައި ޤާއިމްވެފައި ހުރި ކުނިމޭންޖްކުރާ މަރުކަޒްތަކުގެ މަސައްކަތް ވަރަށް އަވަހަށް ފެނަކަ ކޯޕަރޭޝަނާ ޙަވާލުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.