ތިމާވެށި

އެއްގަމު އުޅަނދުގެ ޙާލަތު ދެނެގަތުމަށް އައްޑޫގައި ސަރވޭކުރަނީ


އައްޑޫސިޓީގެ އެއްގަމު އުޅަނދުގެ ޙާލަތު ދެނެގަތުމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން ނިންމަވައިފިއެވެ.

މިސަރވޭއަކީ މިނިސްޓްރީން ތައްޔާރުކޮށްފައިވާ "ވެހިކަލް އެމިޝަން ސްޓޭންޑަޑް" ނުވަތަ ވެހިކަލްތަކުގެ ޙާލަތު ބަލާ މިންގަނޑު އަލުން މުރާޖަޢާކުރުމަށްޓަކައި ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެގޮތުން ކުރިޔަށް ގެންދާ ސަރވޭއެއްކަމަށް އައްޑޫސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މިސަރވޭގައި ސައިކަލާއި ހަތަރު ފުރޮޅުލީ އުޅަނދުތަކާއި ހެވީ ވެހިކަލްތަކުގެ މަޢުލޫމާތު އެއްކުރުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން އެއްކުރެވޭ މަޢުލޫމާތުތަކުގެ ތެރޭގައި އެއުޅަނދެއް ދުވެފައިހުރި މިންވަރާއި ޕެޓްރޯލް ޚަރަދާއި ހަފްތާއެއްގައި އެވްރެޖްކޮށް ކިހާ މިންވަރަކަށް ދުއްވާފައިވޭތީ ބެލުންފަދަ މަޢުލޫމާތު އެއްކުރާނެކަމަށް އައްޑޫސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މި ސަރވޭ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދާއި މާދަމާއެވެ. މިސާވޭގައި ހިތަދޫގެ ދެސަރަހައްދެއްގައި އަދި ފޭދޫގައި މަސައްކަތް ކުރިއަށް ދާނެއެވެ. ސާވޭ ކުރިއަށްދާއިރު އެހީތެރިވުމަށް ފުލުހުންވެސް ހަރަކާތްތެރިވާނެކަމަށް ކައުންސިލުން ވިދާޅުވެއެވެ.