ސިޔާސީ

ބަޖެޓް ސަޕޯޓަށް ސަޢުދީ އަރަބިއްޔާއިން އެހީދެނީ

ސައުދިޢަރަބިއްޔާއިން ރާއްޖޭގެ ބަޖެޓް ސަޕޯޓްގެ ގޮތުގައި އެހީ ދިނުމަށް ނިންމާފައިވާކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ، ސަޢުދީ އަރަބިިއްޔާއާއި އެކު ރާއްޖެއިން އޮތީ ވަރަށް ގާތް ގުޅުމެއްކަމަށާއި، ބަޖެޓް ސަޕޯޓްގެ ގޮތުގައި އެހީދިނުމަށް ނިންމާފައިވާރު އެކަމުގެ އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރައްވާނެ ކަމަށެވެ.

ނަމަވެސް ސަޢުދިއަރަބިއްޔާއިން ދެއްވާ އެހީގެ ތަފްސީލް މިނިސްޓަރ ހާމައެއްނުކުރައްވައެވެ. މިނިސްޓަރ ވިދާޅުވީ، ބަޖެޓް ސަޕޯޓްގެ ގޮތުގައި ގިނަ އެހީތަކެއް ހަމަޖެހިފައިވާއިރު، ރާއްޖޭގެ ރަށްރަށުގެ ފެނާއި ނަރުދަމާއާއި އެނޫންވެސް ތަރައްޤީގެ މުޙިންމު މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ މަޝްރޫޢުތައް ވަރަށް އަވަހަށް ފެށޭނެކަމުގެ ޔަޤީންކަން މިނިސްޓަރ ޝާހިދު ވަނީ ދެއްވާފައެވެ.

"ސައުދީ ސަރުކާރުންވެސް ބަޖެޓް ސަޕޯޓްގެ ގޮތުގައި ފައިސާ ދެއްވާނެކމަށް ވިދާޅުވެފައިވަނީ.އަލަށ ްމިއައި ސަރުކާރާ ވަރަށް ގާތް ގުޅުމެއް ސައުދީއާއިއެކު މިހާރު އެބައޮތް،" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ސަޢުދިއަރބިްޔާއިން ރާއްޖޭގެ ބަޖެޓް ސަޕޯޓްގެ ގޮތުގައި އެހީދިނުމަށް ނިންމާފައިވާއިރު، ޔޫއޭއީންވެސް ރާއްޖޭގެ ބަޖެޓް ސަޕޯޓްގެ ގޮތުގައި ފަންސާސް މިލިއަން ޑޮލަރު ދިނުމަށް ވަނީ ނިންމާފައެވެ.

ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވެފައި ވަނީ ޔޫއޭއީއާއެކުވެސް އެ އެއްބަސްވުމުގައި ސޮއިކުރުމާއި ހަމައަށް މިހާރު އައިސްފައިވާ ކަމަށެވެ. އެއީ ދިވެހި ސަރުކާރާއި ރައްޔިތުންނަށް ބޭރު ދުނިޔޭގައި އޮތް ލޯތްބާއި އިހްތިރާމްކަން ފާހަގަކުރައްވަމުން މިނިސްޓަރ ވަނީ އެމެރިކާންވެސް ރާއްޖެއަށް އެހީ ދިނުމަށް ނިންމާފައިވާކަމަށް ވިދާޅުވެފައެވެ.