ތިމާވެށި

ސުވިޗް އޮފް ހަރަކާތް މާލެފިޔަވާ އެހެން ރަށްރަށުގައި ބާއްވައިފި


އާތް އަވަރ
ފާހަގަކުރުމުގެ ގޮތުން ބޭއްވި ސްވިޗް އޮފް ހަރަކާތް މާލެ ފިޔަވައި ރާއްޖޭގެ ހުރިހާ
ރަށެއްގައި ކުރިއަށް ގެންގޮސްފިއެވެ.



ސަލާމަތީ ބައެއް ސަބަބުތަކަށްޓަކައި، ރޭ މާލޭގައި އާރތު އަވަރ ފާހަގަކުރުމަށް
ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ވަނީ ކެންސަލްކޮށްފައެވެ.



ނަމަވެސް ދުއްވާ އެއްޗިއްސަށް ނުދުއްވޭގޮތަށް ކަނޑައަޅާ، ރޭއަށަކުން
ދިހަޔަކަށް ފައިމަގުގައި އުޅޭގޮތަށް ހަމަޖައްސާފައިވާ ހަރަކާތް
މާލޭގައިވެސް ކުރިއަށްގެންދެވުނެވެ. އަތޮޅުތެރެއިން އެންމެ ކުލަ ގަދަކޮށް އާތް
އަވާގެ ހަރަކާތް ކުރިއަށްގެންދިޔަ އެއް ރަށަކީ ހދ ކުޅުދުއްފުށްޓެވެ. އެގޮތުން
އިއްޔެ ހަވީރު އެރަށުގައި ވަނީ އާތް އަވާ ޕްރޮމޯޓް ކުރުމުގެ ގޮތުން ރަށުގެ ގިނަ
އަދަދެއްގެ ބަޔަކު ބައިވެރިވެގެން ބައިސްކަލް ބުރެއް ބާއްވާފައެވެ. އަދި އާތް
އަވާއާއި ގުޅުވައިގެން ރޭ ހާއްސަ ސްޓޭޖް ޝޯވްއެއްވެސް ކުޅުދުއްފުށީ ޖަލާލުއްދީން
ސްކޫލުން ވަނީ ބާއްވާފައެވެ.