ޚަބަރު

ބޯކޮށް ވާރޭވެހި ދެކުނުގެ ބައެއް ރަށްތަކުގައި ފެންބޮޑުވެއްޖެ


ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްތަކުގައި ފެންބޮޑުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ދެކުނަށް ކުރަމުންދާ ވިއްސާރައިގައި ގދ.ތިނަދުއަށް މިއަދު ހެނދުނުންފެށިގެން ވެހެމުންދާ ވާރޭގެ ސަބަބުން ފެންބޮޑުވެ އެރަށުގެ 4 ގެއަކަށް ފެންވަދެފައިވާ ކަމަށެވެ. އަދި އެރަށުގެ ބައެއް ސަރަހައްދު ތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. މިދިޔަ މަހުގެ ކުރީކޮޅު ތިނަދުއަށްކުރި ވިއްސާރައިގައިވެސް ފެންބޮޑުގެ އެރަށުގެ 110 ގެއަކަށް ފެން ވަދެ އެކިވަރުގެ ގެއްލުންވެފައިވެއެވެ.

މީގެ އިތުރުން މި ވިއްސާރައިގައި ލ.ގަމުގައި ފެންބޮޑުވެ 7 ގެއަކަށް ފެން ވަދެފައިވާކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. އެރަށުގައިވެސް ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑިއެފުން މަޢުލޫމާތުދެއްވައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދު ހަވީރު 15:25 އިން 17:00އާ ހަމައަށް މ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ޔެލޯ އެލަރޓްވެސް ނެރެފައެވެ.