ޚަބަރު

އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭނީ އެޓޭކިން ގޭމެއް - ލެވަންޑޯސްކީ


ޗެމްޕިއަންސް ލީގުގައި ލިވަޕޫލާ ދެކޮޅަށް އަމިއްލަ ދަނޑުގައި އެޓޭކިން ގޭމެއް ކުޅޭނެ ކަމަށް ބަޔާން މިއުނިކުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ބުނެފިއެވެ.

އޭނާ މިހެން ބުނީ ލިވަޕޫލްގެ ދަނޑުގައި ރޭ ކުޅުނު މެޗު 0-0އިން އެއްވަރުވުމުންނެވެ. މި މެޗުގައި ގިނަ ފުރުސަތުތައް ހޯދީ ލިވަޕޫލުންނެވެ.

ލެވަންޑޯސްކީ ބުނީ ލިވަޕޫލަކީ ވަރަށް ވަރުގަދަ ޓީމެއްކަމަށާއި ނަމަވެސް އަމިއްލަ ދަނޑުގައި އެޓީމް ބަލިކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. އަމިއްލަ ދަނޑުގައި ބަޔާނުން އެޓޭކް ކުޅޭނީ އެޓޭކިންގ ގޭމެއްކަމަށާއި، ސަޕޯޓަރުންވެސް ބޭނުންވަނީ އެކަހަލަ މެޗެއް ބަލަންކަމަށް ލެވަންޑޯވްސްކީ ބުންޏެވެ.

އޭނާ ބުނީ އެ މެޗުގައި ނަތީޖާ ނެރެންޖެހޭކަން މުޅި ޓީމަށް ވެސް އެނގޭ ކަމަށާއި ލިވަޕޫލަށް އަވޭ ގޯލުގެ އެޑްވާންޓޭޖް ލިބުނަނުދީ ހިފަހައްޓާލެވޭނެ ގާބިލްކަން ބަޔާނުގައި އެބަހުރި ކަމަށެވެ.