ކުޅިވަރު

ރަން މެޑަލް ހޯދި ދީމާ އާއިި ރައީސް ޞޯލިހް ބައްދަލުކުރައްވައިފި


ސައުތު އޭޝިއަން ހޯޕްސް ޗެލެންޖުން ރަން މެޑަލް ހޯދި ރާއްޖޭގެ ޤައުމީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީއާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެ ކަނބަލުން ބައްދަލުކުރައްވައިފިއެވެ.

ރައީސް ސޯލިހުގެ ދެކަނބަލުން، ދީމާއާއި ބައްދަލުކުރައްވާފައި ވަނީ އެމަނިކުފާނު މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ދީމާގެ ބެލެނިވެރިންވެސް ބައިވެރިވި މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ދީމާގެ ޓްރެއިނިންތައް ކުރިއަށްދާ ގޮތް އޮޅުންފިލުއްވާފައެވެ. އަދި ކުޅިވަރާއި އެއްވަރަށް ކިޔެވުމުގައި ވެސް ކުރިއެރުމަށް މަސައްކަތް ކުރުމަށް ރައީސް ސޯލިހު ދީމާއަށް ހިތްވަރުދެއްވިއެވެ.

ސައުތް އެޝިއަން ހޯޕްސް ޗެލެންޖުން ދީމާ އެއްވަނަ ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 100 ޕަސެންޓް ރެކޯޑަކާއިއެކުއެވެ. ދީމާ ޗެމްޕިއަންކަން ހޯދީ އިންޑިއާގެ ހަތަރު ކުޅުންތެރިންނާއި، ލަންކާގެ ދެ ކުޅުންތެރިންނާއި، ނޭޕާލްގެ ދެ ކުޅުންތެރިން އަދި ބޫޓާންގެ ކުޅުންތެރިއެއްވެސް ބަލިކޮށްގެންނެވެ.

ސައުތް އޭޝިޔާގެ ހޯޕްސް މުބާރާތަކީ 12 އަހަރުން ދަށުގެ އުމުރު ފުރާއަށް ހާއްސަކޮށްގެން އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ.