ޚަބަރު

ފުވައްމުލަކު ސިޓީ ކަސްޓޯޑިއަލްގައި ތިބި މީހުންނަށް ދީނީ ނަސޭހަތްދިނުމުގެ ސެޝަންތަކެއް ބާއްވައިފި


ފުވައްމުލަކު ސިޓީ ޕޮލިސް ސްޓޭޝަނުގެ ކަސްޓޯޑިއަލްގައި، ފުލުހުންގެ ބަންދުގައި ތިބި މީހުންނަށް ދީނީ ނަސޭހަތްދިނުމުގެ ޚާއްޞަ ސެޝަނެއް ބާއްވައިފިއެވެ.

ދީނީ ކަންކަން ކުރިއެރުވުމަށް ހަރަކާތްތެރިވާ ފުވައްމުލަކު ސިޓީގެ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ ގާޑިޔަން އެސޯސިއޭޝަނާއި ފުވައްމުލަކު ސިޓީގެ ފުލުހުން ގުޅިގެން މިއަދު ހެނދުނު ބޭއްވި މި ސެޝަނުގައި، ނަމާދުގެ މުހިންމުކަމާއި، ކުރެވޭ ކުށްތަކަށް ތަޢުބާވުމުމާއި ހެޔޮ އަމަލުތައް ކުރުމުގެ މުހިންމުކަމާގުޅޭ މަޢުލޫމާތު ދީފައިވެއެވެ. އަދި މި ސެޝަނުގައި ބައިވެރިވި މީހުންގެ ހިތުގައި އުފެދިފައިވާ އެކި ސުވާލުތަކަށް ޖަވާބުވެސް ދީފައިވެއެވެ.

ގާޑިޔަން އެސޯސިއޭޝަނުން ބުނީ މި ސެޝަންތަކަކީ ކޮންމެ މަހަކުވެސް ސިލްސިލާކޮށް ކުރިއަށްގެންދިއުމަށް ރާވާފައިވާ ސެޝަންތަކެއް ކަމަށެވެ. އަދި ބަންދުގައި ތިބި މީހުންގެ އިތުރުން ފުވައްމުލައް ސިޓީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ ފުލުހުންނަށްވެސް މިފަދަ ސެޝަންތަކެއް ރޭވިފައިވާކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ.

މިއަދު ހެދުނު 10:00 އިން 11:00 އަށް ކުރިޔަށްގެންދިޔަ ދީނީ މަޢުލޫމާތު ދިނުމުގެ މި ސެޝަން ބާއްވާފައިވަނީ ފުވައްމުލަކު ސިޓީ ޕޮލިސް ސްޓޭޝަންގައެވެ. ސިލްސިލާކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ސެޝަންތައް ކޮންމެ މަހަކު އެއްފަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަށް ގާޑިޔަން އެސޯސިއޭޝަނުން ބުނެއެވެ.