ޚަބަރު

އެމްއެންޑީއެފް ސަދަން އޭރިޔާގެ ކޮމާންޑަރ ފުވައްމުލަކު ސިޓީ ކައުންސިލާއި ބައްދަލުކުރައްވައިފި


އެމްއެންޑީއެފް ސަދަން އޭރިޔާއާ އަލަށް ހަވާލުވެވަޑައިގެންނެވި އެ އޭރިޔާގެ ކޮމާންޑަރ ކާނަލް އިބްރާހިމް ރަޝީދް ފުވައްމުލައް ސިޓީ ކައުންސިލާއި މިއަދު ހެދުނު ބައްދަލް ކުރައްވައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އާޒިމް ވިދާޅުވީ ކާނަލް އިބްރާހިމް ރަޝީދް ފުވައްމުލަކު ސިޓީ ކައުންސިލާއެކު ބޭއްވެވި މި ބައްދަލުވުމަކީ އެކައުންސިލާއި، ރަސްމީގޮތުން ބައްދަލު ކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އަދި މި ބައްދަލުވުމުގައި ސިޓީ ކައުންސިލާއި ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ ބެހޭގޮތުންވެސް މަޝްވަރާކުރައްވާފައިވާކަމަށެވެ.

އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑަރ، ފުވައްމުލަކު ސިޓީ ކައުންސިލާ ބައްދަލުކުރައްވާފައިވާއިރު، ސައުތު ޕޮލިސް ޑިވިޜަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ރަޝްވާން ވަނީ ފުވައްމުލަކު ސިޓީ ކައުންސިލާ އިއްޔެ ބައްދަލުކުރައްވައި ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.