ޚަބަރު

ފުވައްމުލަކު ސިޓީގައި ހުރި ތިން ކުންފުންޏެއްގެ މުވައްޒަފުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި


ފުވައްމުލަކު ސިޓީގައި ހުރި ތިން ކުންފުންޏެއްގެ މުވައްޒަފުންނަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށްގެންގޮސްފިއެވެ.

މި މަހުގެ 17، 18 އަދި 21 މި ތިން ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވައިދުތަކާ ގުޅޭގޮތުންނާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، އެއްގަމު އުޅަނދު ދުއްވުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި، ގުޅޭގޮތުން މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ ފުވައްމުލަކު ސިޓީގައި މަަސައްކަތްކުރާ އެމްޕީއެލް އާއި ވެމްކޯ އާއި ރޯޑް ކޯޕަރޭޝަންގެ މުވައްޒަފުންނަށެވެ. މި ސެޝަންތަކުގައި މި އޮފީސްތަކުން 90 މުވައްޒަފަކު ބައިވެރިވެފައިވާކަމަށް ފުލުހުން ބުނެއެވެ.