ޚަބަރު

ދިއްދޫ ކައުންސިލްގެ ރައީސް އަލީ ޙާޝިމް އިސްތިއުފާ ދެއްވައިފި

ހއ.ދިއްދޫ ކައުންސިލްގެ ރައީސް ޢަލީ ޙާޝިމް އިސްތިއުފާ ދެއްވައިފިއެވެ.

ހާޝިމް އިސްތިއުފާ ދެއްވާފައިވަނީ އިސްލާމްދީނާއި ދެކޮޅަށް ބަޔަކު ދައްކަމުންގެންދާ ވާހަކަތަކަކަށް ހިތްވަރުދީ ސޯޝަލް މީޑިޔާގެ އެކި ޕްލެޓްފޯމްތަކުގައި އޭނާ ވާހަކަ ދައްކާފައިވާކަމަށްބުނެ ދިއްދޫގެ ރައްޔިތުން އޭނާ އާ ދެކޮޅަށް އަޑު އުފުލައި އިސްތިއުފާ ދޭން ގޮވާލައި ޕެޓިޝަނެއްގައި ސޮއިކޮށްފައި ވަނިކޮށެވެ.

އަލީ ޙާޝިމް ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވީ، މަޤާމުން އިސްތިއުފާ ދޭން ގޮވާލައި އެރަށުގެ ރައްޔިތުން ޕެޓިޝަނެއްގައި ސޮއިކޮށްފައިވާތީ ކަމަށެވެ. އަދި ކައުންސިލްގެ ޖަލްސާއެއް ބާއްވައި އިތުބާރު ނެތްކަމުގެ ވޯޓަކުން މަޤާމުން ދުރުކުރާ ޙިސާބަށް ގެންދަން ބޭނުން ނުވާތީކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދިއްދޫ ރައްޔިތުން ތައްޔާރުކުރި ޕެޓިޝަންގައި، އަލީ ޙާޝިމްގެ އިތުބާރު ނެތްކަމަށް ފާސް ކޮށްދިނުމަށް އެދި ދިއްދޫ ކައުންސިލްގެ 4 މެމްބަރުންގެ ކިބައިން ވަނީ އެދިފައެވެ.