ޚަބަރު

ފުވައްމުލަކު ޕަބްލިކް ލައިބްރަރީ ފަޅާލައިފި


ފުވައްމުލައް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ޕަބްލިކް ލައިބްރަރީ މިއަދު ފަޅާލާފިއެވެ.

ފުލުހުން ބުނީ ފުވައްމުލަކު ޕަބްލިކް ލައިބްރަރީ ފަޅާލިކަމުގެ މައުލޫމާތު ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ލިބިފައިވަނީ މިއަދު ހެނދުނު 10:30 އެހާކައްހާއިރު ކަމަށެވެ. އަދި ލައިބްރަރީއަށް ވަދެފައިވަނީ ބޮޑު ދޮރު ހަލާކުކޮށްލައިގެން ކަމަށާއި، އެތަނުން ގެއްލިފައިވަނީ ކޮމްޕިއުޓަރު ސީޕީޔޫއަކާއި، މައުސްއަކާއި އަދި ކީބޯރޑެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ މިމައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން އިތުރަށް ތަޙްޤީޤްކުރަމުންދާކަމަށާއި، މިމައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޟިރާރު ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ މި ލައިބްރަރީއަކީ މިހާރު ބޭނުންކުރަމުންދާ ތަނެއް ނޫން ކަމަށެވެ. މި ލައިބްރަރީ އެންމެ ފަހުން ބޭނުން ކޮށްފައިވަނީ 3 ޖޫން 2017 ގައެވެ.