ކުޅިވަރު

ސީ ލައިސަންސް ކޯޗިންގް ކޭމްޕްއެއް އޭދަފުށީގައި ފަށައިފި


ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އެފްއޭއެމްއިން ބ.އަތޮޅުގެ ހުރިހާ ރައްތަކަށާ، ރިސޯޓް ތަކަށް ހުުވާލައިގެން ސީލައިސަންސް ކޯޗިން ކޭމްޕެއް އޭދަފުށީގައި ފަށައިފިއެވެ.
މިމަހަހުގެ 4 ން 16 ކުރިއަށްގެންދާ މި ކޯޗިން ކޭމްޕްގައިބ.އަތޮޅުން 22 ފަރާތަކުން ވަނީ ބައިވެރިވެރިވެފައެވެ. މި ކޯޗިން ކޭމްޕްގައި ފުޓްބޯޅައިގެ ބޭސިކް ސްކިލްތަކާ، ކުޅުންތެރިންނާ ދަނޑުމަތީގައި ވާހަކަދައްކަންޖެހޭ ގޮތްތައް ކިޔަވައިދޭނެކަމަށް އެފްއޭއެމްއިން ބުނެއެވެ.
ފިރިހެނުންނާއި އަންހެނުންނަށް ވެސް ހުޅުވާލައިގެން ކުރިއައްގެންދާ މި ކޯހުގައި ކިޔަވައިދެނީ ދެ ބަޔަކަށެވެ. އެއީ އެޓޭކްކުރާނެ ގޮތްތަކާ، ޑިފެންސް ކުރާނެގޮތްތަކަށް ކަމަށް އެފްއޭއެމް އިން ބުނެއެވެ. ތިއަރީ އާ ޕްރެކްޓިކަލް ބައިވެސް ހިމެނޭ ގޮތައް ކުރިއަށްގެންދާ މިކޯސް ކުރިއަށްދަނީ ބ.އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ބ.އަތޮޅު ކައުންސިލް އަދި އޭދަފުށީ ކުޅިވަރު ކުރިއަރުވާ ކޮމެޓީ ކްލްބްއޭދަފުށި ގުޅިގެން ކުރިއަށްގެންދާ ކޯހެއް. ކްލަބް އޭދަފުށިން ބުނީ މީ އޭދަފުށީގެ ފުޓްބޯޅައަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ދެކޭކަމަށް.

މިކޯހުގެ އިތުރުން އެފްއޭއެމްއާ އޭދަފުށީ ކުޅިވަރު ކުރިއަރުވާ ކޮމެޓީ ކްލަބް އޭދަފުށްޓާ ގުޅިގެން ވަނީ މިދިޔަ އަހަރު ގްރާސްރޫޓް ކޯޗިން ކޭޕްއެއްވެސް ކުރިއަށްގެންގޮސްފައެވެ. މިކޯހުން ތަމްރީން ހޯދިފަރާތްތައް ބ.އަތޮޅު ތައުލީމީ މަރުކަޒުން ކުރިއަށްގެންދާ ގްރާސްރޫޓް ޓްރެއިނިން ޕްރޮގްރާމްގައި ދަނި ކުދިންނަށް ތަމްރީންދެމުންނެވެ.