ކުޅިވަރު

ޗެމްޕިއަން ގޮއިދޫ ބަލިކޮށް، ދޮންފަނު އިންވިޓޭޝަން ކަޕުގެ ފައިނަލަށް އޭދަފުށި


ޗެމްޕިއަން ގޮއިދޫ ބަލިކޮށް، ދޮންފަނު އިންވިޓޭޝަން ކަޕުގެ ފައިނަލަށް އޭދަފުށި ދަތުރުކޮށްފިއެވެ.

ސެމީ ފައިނަލްގެ ފުރަތަމަ މެޗު ކްލަބް އޭދަފުށި ޓީމް ކާމިޔާބުކުރީ މެޗްގެ ފުރިހަމަ ވަގުތުވި އިރު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުވުމާ ގުޅިގެން ޕެނަލްޓީ ޖަހައިގެން 7 ލަނޑު 6 ލަނޑުންނެވެ.

ފޯރިގަދަ ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި މޮޅަށް ކުޅެ، ގިނަ ހަމަލާތަކެއް ވަނީ އޭދަފުށި ޓީމުން އުފައްދާފައެވެ. ނަމަވެސް ހުރިހާ ހަމަލާތަކެއް ގޮއިދޫގެ ކީޕަރު ވަނީ ހުށިިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭދަފުށީ ޓީމްގެ ހަމްދާން އަބްދުއްސައްތާރުއެވެ.

މިމުބާރާތުގައި މާދަމާ ކުޅޭނީ ސެމީ ފައިނަލްގެ ދެވަނަ މެޗެވެ. މިމެޗްގައި ވާދަކުރާނީ މުބާރާތް ބާއްވާ ދޮންފަނާއި ކިހާދޫއެވެ. ދޮންފަނު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރީ ގްރޫޕް އޭގެ ދެވަނަ ޓީމްގެ ގޮތުގައެވެ. ކިހާދޫ ސެމީފަނަށް ދަތުރު ކުރީ ގްރޫޕް ބީގެ އެއްވަނަ ޓީމްގެ ގޮތުގައެވެ.

މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ 17 ވާ ހޯމަ ދުވަހުއެވެ.