ޚަބަރު

ވިއްސާރަވެ ފެންބޮޑުވުމާ ގުޅިގެން ޢާންމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި


ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ޢާންމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ، ބުއިމަށާއި ކެއްކުމަށާއި ތަށި ދޮވުމަށް ވާރޭ ފެނާއި ފުޅީގައި ބަންދުކުރި ފެން، ނުވަތަ ކެއްކި ފެން ބޭނުން ކުރުމަށާއި ނަރުދަމާ، ސެފްޓިކް ޓޭންކް ނުވަތަ ޖަންކްޝަން ފުރިގެން ފެން ނުކުންނަމަ، ފެންވެރުމަށް ވަޅުފެން ބޭނުންކުރުމުގެ ކުރިން ކްލޮރިން ކުރުން މުޙިންމު ކަމަށެވެ.

މީގެ އިތުރުން ފެންގަނޑު ތެރެއަށް ކުޑަކުދިން އެރުނަ ނުދިނުމަށާއި، ސައިބޯނިލައިގެން ސާފު ފެނުން ގިނަގިނައިން އަތޮ ދޮވުމަށް ސަމާލުކަން ދެއްވުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ފެން ހިންދުމާއި ސާފުކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި، ފެން ހިންދާ ސާފުކޮށް ނިމެންދެން ފެނުގެ އަސަރުކޮށްފައިވާ ހިސާބަށް ކުޑަކުދިން ގާތްވިޔަ ނުދިނުމަށާއި، ނަރުދަމާ ޖަންކްޝަން ފުރިގެން ބޭރުވެފައިވާނަމަ، ސާފުކުރުމުގެ ކުރިން ޕަބްލިކް ހެލްތް ޔުނިޓްގެ އެހީތެރިކަން ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ހަމުގައި ފާރުގަނޑެއް ހުރިނަމަ ފެންގަނޑުގައި ފެންޖެހުނު ނުދިނުމަށާއި، ފެން ހިންދުމުގަޔާއި ސާފުކުރަން ޙަރަކާތްތެރިވާން ޖެހިއްޖެނަމަ، ފެން ނުވަންނާނެހެން މަލަންއަޅާ ފާރުގަނޑު ފޮރުވުމަށްވެސް އެއެޖެންސީއިން އިލްތިމާސްކުރޭ. ވިއްސާރަވެ ފެންބޮޑުވުމާ ގުޅިގެން، ކުޑަކުދިން ކުޅޭ ތަކެއްޗަށް ފެނުގެ އަސަރުކޮށްފައިވާނަމަ އެތަކެތި އުކާލުމަށާއި، ގޭގައި ގެންގުޅޭ ގޮދަޑި، ސޯފާ، ބާލީސް ފަދަ ތަކެއްޗަށް ފެނުގެ އަސަރުކޮށްފައިވާ ނަމަ އެތަކެތި އުކާލުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.