ޚަބަރު

ވިހެއުމަށްފަހު ދަރިފުޅު އެއްލާލި މައްސަލައެއް ބަލަން ފަށައިފި


ގދ. ވާދޫގައި އަންހެނަކު ކުއްޖަކު ވިހެއުމަށްފަހު އެއްލާލައިފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ގދ. ވާދޫގައި އަންހެނަކު ކުއްޖަކު ވިހެއުމަށްފަހު އެއްލާލައިފައިވާ މައްސަލައެއްގެ ރިޕޯޓު އެ މުޢައްސަސާއަށް ލިބިފައިވާ ކަމަށެވެ.

ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން އެކަން ބަލަމުންދާ ކަމަށްވެސް ފުލުހުންގެ ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުއްޖާގެ ޢާއިލާއާއި ކަމާބެހޭ ދަޢުލަތުގެ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ގދ. ވާދޫގައި އަންހެނަކު ކުއްޖަކު ވިހެއުމަށްފަހު އެއްލާލައިފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ފުލުހުން ބުނީ ކުއްޖާގެ ޙުރުމަތާއި ޙައްސާސްކަމަށް ރިޢާޔަތްކޮށް މީޑިއާއާ ސޯޝަލް މީޑިއާގައި އެ ކުއްޖާގެ އެއްވެސް ފޮޓޯއެއް ޝާއިޢު ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.