ވިޔަފާރި

"ހޮޓެސްޓް އިންޑިޕެންޑެންޓް ހޮޓެލް" އެވޯޑް، ދަ ނޮޓިލަސް މޯލްޑިވްސްއަށް!


2018 ވިޝަން ސްޓައިލް އެވޯޑުގެ "ހޮޓެސްޓް އިންޑިޕެންޑެންޓް ހޮޓެލް" އެވޯޑް ރާއްޖޭގެ ރިސޯޓެއްކަމަށްވާ، ދަ ނޮޓިލަސްއަށް ލިބިއްޖެއެވެ.
މިއެވޯޑަކީ ފަތުރުވެރިކަމުގެ ދާއިރާގެ ހިދުމަތްތަށްދޭ ރިޒޯޓު، ހޮޓާ، ރެސްޓޯރަންޓު، ސްޕާ އަދި އެފަދަ ތަންތަނުގެ އިންޓީރިއާ ޑިޒައިންނަށް ބަލުމަށްފަހު ދޭ އެވޯޑެކެވެ. މި އެވޯޑު ދެނީ އެންމެ ފާހަގަކުރެވޭ ރީތި، ކޮލިޓީ އަދި އެންމެ ދެމެހެއްޓެނިވި ގޮތްތަކަށް އިންޓީރިއާ ޑިޒައިންކޮށްފައިވާ ރިޒޯޓުތަކަށެވެ.

2018 ވިޝަން ސްޓައިލް އެވޯޑު ދީފައިވަނީ ހަތް ކެޓަގަރީއަކުންނެވެ. ނޮޓިލަސްއަށް މި އެވޯޑުގެ "ހޮޓެސްޓް އިންޑިޕެންޑެންޓް ހޮޓެލް" ލިބިފައިވަނީ އިތުރު ތިން ތަނަކާއި ވާދަކޮށްގެންނެވެ.

މި އެވޯޑް ހާސިލްކުރުމާ ގުޅިގެން ލިބޭ ޓްރޯފީއާއި، ސެޓިފިކެޓުގެ އިތުރުން "ދަ ވިޝަން ސްޓައިލް ގައިޑް 2019"ގައިވެސް މި އެވޯޑްގެ ކެޓަގަރީތަށް ކާމިޔާބުކުރި ފަރާތްތައް ހިމަނާނެއެވެ.
ނޮޓިލަސްއަކީ ބ އަތޮޅު ޔުނެސްކޯ ބަޔޮސްފިޔަރ ރިޒާވްގައި މިއަހަރުގެ ތެރޭގައި ހުޅުވާފައިވާ ރިސޯޓެކެވެ.