ޚަބަރު

ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމުން ޝިހާން ވަކިކުރައްވައިފި


ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމުން އަޙްމަދު ޝިހާން ވަކިކުރައްވައިފިއެވެ.

ކަރެކްޝަންސްގެ އިންފޮމޭޝަން އޮފިޝަރު އަޙްމަދު ލުޤްމާން މިރޭ ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމުން ޝިހާން ވަކި ކުރެއްވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

މަޤާމުން ޝިހާން ވަކި ކުރެއްވިއިރު އެ މަޤާމަށް އަދި އެއްވެސް ބޭފުޅަކު ޢައްޔަންކުރައްވާފައެއްނުވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް ޝިހާން އައްޔަން ކުރައްވާފައި ވަނީ 2016 ވަނަ އަހަރުގެ އޭޕްރީން 24 ވަނަ ދުވަހުއެވެ.