ޚަބަރު

އޭޑީކޭއިން ދަނގެތީގައި މެޑިކަލް ކޭމްޕެއް ބާއްވަނީ


އޭޑީކޭގެ ރެކްރިއޭޝަން ކްލަބެއްކަމަށްވާ "އޭޑީކޭ ސިނާރޖީ"އިން އދ. ދަނގެތީގައި ހިލޭ މެޑިކަލް ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އޭޑީކޭ ސިނާޖީގެ މެމްބަރ ހަނީފާ ޢަބްދުﷲ ވިދާޅުވީ ހުކުރުދުވަހާއި ހޮނިހިރު ދުވަހު ކުރިއަށްދާ މިކޭމްޕްގައި ފަސް ޑޮކްޓަރުން ބައިވެރިވާނޭކަމަށެވެ. މިގޮތުން އަންހެނުންގެ ޚާއްސަ ޑޮކްޓަރަކާއި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަކާއި ލޮލުގެ ޚާއްސަ ޑޮކްޓަރެއް ބައިވެރިވާނޭކަމަށް ހަނީފާ ވިދާޅުވިއެވެ.

ހަނީފާ ވިދާޅުވީ ކޭމްޕްގެ އެންމެ ހާއްސަ ކަމަކަށް ކުރިއަށް ދާނި ކެންސަރ ސްކްރީނިންގް ޕްރޮގްރާމް ކަމަށެވެ. އަދި ބެލެނިވެރިންނަށް ޞިއްޙީ މަޢުލޫމާތު ދިނުމަށް ހާއްސަ ކްލާހެއް ކުރިއަށްގެން ދިއުމަށް ހަމަޖެހިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަނީފާ ބުނި މިކޭމްޕް ބޭއްވުމުގެ މައިގަނޑު އަމާޒަކީ އެ ޖަމްޢިއްޔާގެ ފަރާތުން އާންމުންނަށް ބޭނުންވާ ޙިދުމަތްތައް ހިލޭ ފޯރުކޮށްދިނުންކަމަށެވެ.