ޚަބަރު

ރައީސް އޮފީހުގެ މިނިސްޓަރުގެ މަޤާމަށް އަހުމަދު ނަސީމަށް އައްޔަނުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަޤާމަށް އަޙްމަދު ނަސީމް ޢައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި އަޙްމަދު ނަސީމު މަޤާމަށް އައްޔަނުކުރައްވާ، މަޤާމުގެ ފަތްކޮޅު ވަނީ ދެއްވާފައެވެ.

އަޙްމަދު ނަސީމަކީ 2011 ވަނަ އަހަރުން ފެށިގެން، 2012 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ޚާރިޖީ ވަޒީރުގެ މަޤާމު އަދާކުރެއްވި ބޭފުޅެކެވެ.