ޚަބަރު

ތައިލޭންޑުގެ އޮނިކްސް ގްރޫޕުން ރާއްޖޭގައި ދެވަނަ ރިޒޯޓެއް ހުޅުވަނީ


ތައިލޭންޑުގެ އޮނިކްސް ހޮސްޕިޓާލިޓީ ގްރޫޕުން ރާއްޖޭގައި ތަރައްޤީކުރާ ދެވަނަ ރިސޯޓް ހުޅުވުމުގެ މަސައްކަތް ފަށައިފިއެވެ.

ރ. އަތޮޅުގައި އޯޒޯ މޯލްޑިވްސްގެ ނަމުގައި ތަރައްޤީކުރާ ރިސޯޓަކީ އިންޑިއާގެ ޕަންޝިލް ރިއަލްޓީއާ ގުޅިގެން ތައިލޭންޑުގެ އޮނިކްސް ހޮސްޕިޓާލިޓީ ގްރޫޕުން ތަރައްޤީކުރާ ރިސޯޓެކެވެ.

60 ވޯޓަރ ވިލާއާއި 140 ބީޗް ވިލާއާއެކު ތަރައްޤީކުރާ އޯޒޯ މޯލްޑިވްސް ހުޅުވުމަށް ހަމަޖެހިފައިވަނީ 2020 ވަނަ އަހަރުއެވެ.

މިރިސޯޓަކީ ޗުއްޓީ ހޭދަކުރުމަށް ބޭނުންވާ އާއިލާތަކާއި ގްރޫޕް ގްރޫޕަށް ދަތުރުކުރާ ފަތުރުވެރިންނަށް ބޭނުންވާ ހިދުމަތްތައް ހިމެނޭހެން ތަރައްޤީކުރާ ރިޒޯޓެއްކަމަށް އޮނިކްސް ހޮސްޕިޓާލިޓީން މައުލޫމާތުދެއެވެ.

އޮނިކްސް ގްރޫޕުން ރާއްޖޭގައި ދެވަނަ ރިސޯޓެއް ހުޅުވުމުގެ މަސައްކަތް ފަށާފައިވާއިރު އެކުންފުނިން ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓަކީ ގދ.އަތޮޅުގައި ހިންގަމުންދާ އަމާރީ ހޮވޮއްޑާއެވެ.