ޚަބަރު

ގއ.ފަޅުމާފުށްޓާއި ގއ.ދިގުރަށް ބުރިޖަކުން ގުޅާލައިފި


ގއ. ފަޅުމާފުށީގައި ތަރައްޤީކޮށްފައިވާ ރެސިޑެންސް މޯލްޑިވްސް ރިސޯޓާއި ގއ. ދިގުރަށުގައި ތަރައްޤީކުރާ ރެސިޑެންސް މޯލްޑިވްސްގެ ރިސޯޓު ބުރިޖަކުން ގުޅާލައިފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރިސޯޓްތައް ހިންގަމުންދާ ސެނިޒާރޯއިން ރާއްޖޭގައި ތަރައްޤީކޮށްފައިވާ ދެ ރިސޯޓު ބުރިޖަކުން ގުޅާލުމާއެކު މިއީ ރާއްޖޭގައި ހިންގާ އެންމެ ބޮޑު އިންޓަގްރޭޓެޑް ރިސޯޓަށްވެގެންދާނެއެވެ.

ގއ. ފަޅުމާފުށީގައި ތަރައްޤީކޮށްފައިވާ ރެސިޑެންސް މޯލްޑިވްސް ރިސޯޓަކީ މިހާރުވެސް އޮޕަރޭޓްކުރަމުންދާ ރިސޯޓަކަށްވާއިރު ގއ. ދިގުރަށުގައި ތަރައްޤީކުރާ ރިސޯޓު ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީމަހުއެވެ. މިއީ އެންމެ މަތީ ފެންވަރުގެ 173 ކޮޓަރީގެ ރިސޯޓެކެވެ.

ރާއްޖޭގެ އިތުރުން ސެނިޒާރޯއިން ދަނީ އިންޑޮނޭޝިއާ، މޮރިޝަސް، ޓިއުނީޝިއާ އަދި ޒަންޒިބާރުގައިވެސް ރިސޯޓުތައް އޮޕަރޭޓްކުރަމުންނެވެ.