ޚަބަރު

އެންސީއޭގެ ލައިވްއާޓް އިވެންޓުގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައިފި


ނެޝަނަލް ސެންޓަރ ފޮރ ދި އާރޓްސް، އެންސީއޭއިން ލައިވް އާރޓް އިވެންޓުގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައިފިއެވެ.

މިއީ ދިވެހި ކުރެހުންތެރިންނަށް ޢަމާޒުކޮށްގެން ކުރިޔަށް ގެންދާ ޙަރަކާތެއްކަމަށް އެންސީއޭއިން މައުލޫމާތުދެއެވެ.
މިޙަރަކާތުގެ ތެރެއިން ދިވެހި ކުރެހުންތެރިންނަށް އެފަރާތްތަކުގެ ހުނަރު ވަގުތުން ޢާންމުކޮށް ދަށްކާލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

25 އާޓިސްޓުން ބައިވެރިކޮށްގެން ކުރިޔަށް ގެންދަން ރާވާފައިވާ މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރުމަހުގެ 4- 6 އަށް ކަމަށް އެންސީއޭއިން މައުލޫމާތުދެއެވެ.
މި އިވެންޓްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިކަމަށްއެދޭ ފޯމް ހުށަހެޅުމުގެ ފުރުޞަތު ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އެންސީއޭއިން ވަނީ ޢާއްމުކޮށް ހުޅުވާލާފައެވެ.
މިކަމާގުޅޭ ފޯމް އެން.ސީ.އޭ. އިން ނުވަތަ އެން.ސީ.އޭގެ ވެބްސައިޓުން ލިބެންހުންނާނެކަމަށް އެސެންޓަރުން ބުނެއެވެ.
މި އިވެންޓްގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރުން މަތީގެ ފަރާތްތަކަށެވެ.