ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފާދިއްޕޮޅު ހިންނަވަރަށް ވަޑައިގަތުމުން އެތައް ސަތޭކަ ބަޔަކު ނިކުމެ އެމަނިކުފާނަށް މަރުހަބާ ދަންނަވައިފިއެވެ.
ރައީސް ޔާމީން ހިންނަވަރަށް ވަޑައިގަތްއިރު އެރަށުތެރެ އޮތީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އަދި މަރުހަބާ ދެންނެވުމަށް ބަނދަރުމައްޗަށް ނިކުމެ ތިބި ފަރާތްތަކާ ރައީސް ސަލާމްކުރެއްވުމަށް ގިނަ ވަގުތުތަކެއް ހޭދަކުރެއްވިއެވެ.
ހިންނަވަރުގެ ރައްޔިތުންނާއެކު ބައްލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުގައި ކުރިއަށް އޮތް ދައުރަށް އެމަނިކުފާނު އިންތިޚާބުވެވަޑައިގެންފި ނަމަ އެރަށުގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. އެގޮތުން ހިންނަވަރު ބަނދަރު މަރާމާތުކުރުމާއެކު ބަނދަރު ބޮޑުކުރުމާއި، ޒުވާނުންނަށް އިތުރު ފުޓްސަލް ދަނޑު ތަރައްޤީ ކޮށްދެއްވާނެކަމަށާއި ބެންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ޤާއިމްކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފުރަތަމަ އަހަރުގެ ތެރޭގައި ހިންވަރުގެ މަގުތަށް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ހިންނަވަރުގެ ރައްޔިތުން ފާހަގަކުރިގޮތުގައި ޤައުމަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތަރައްޤީ ގެނެސްދެއްވީ ރައީސް ޔާމީންކަމަށާއި، ހިންނަވަރަށްވެސް ތަރައްޤީ ގެނެސްދެއްވީ ރައީސް ޔާމީންކަމަށް. އެހެންކަމުން ރިޔާސީ އިންތިޚާބުގައި ހިންވަރުން ބޮޑު އަޣްލަބިއްޔަތެއް ރައީސް ޔާމީނަށް ހޯދާނެކަމަށް ރައްޔިތުން ބުންޏެވެ.
އިދިކޮޅު ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިހްގެ އުފަންރަށުން އެމަނިކުފާނަށް ނުދަންވާ ވަރުގެ ހޫނު މަރުހަބާއެއް ހިންނަވަރުން ރައީސް ޔާމީނަށް ވަނީ ދަންނަވާފައެވެ.