ޚަބަރު

އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާނެ ތަރައްޤީގެ މަޝްރޫޢެއް ދެން ނޯންނާނެ - މިނިސްޓަރ ޠާރިޤް


ރާއްޖެ ތަރައްޤީ ކުރުމަށް އިތުރަށް އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާނެ މަޝްރޫޢެއް ދެން ނޯންނާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާޙީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ތާރިޤް އިބްރާޙީމް މިހެން ވިދާޅުވީ، ރުމާލު 2 ޖަގައިގައި ޕީޕީއެމް ބޭއްވިޖަސްލާގާއި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓރަ ވިދާޅުވީ، އެމްޑީޕީގެ ކޯލިޝަނުން ރާއްޖެ ތަރައްޤީކުރުމަށް ކަމައް ބުނެ، ރަށްރަށަށް އަރާ ދައްކަމުން ދަނީ ރައީސް ޔާމީންގެ ސަރުކާރުން އެރަށްރަށް ކޮށްދެއްވާފައިވާ ކަންތައްކުގެ ވާހަކަތަކަށް ކަމަށެވެ. އަދި މިހާރު ކޯލިޝަން ހަދައިގެން އުޅޭ ހަތަރު ލީޑަރުން ކަމަށް ބުނާ ބޭފުޅުންނަކީ ފުރުޞަތު ލިބި ޤައުމު ބިނާކުރުމަށް އެއްވެސް ވަރަކަށް މަސައްކަތް ކުރެއްވި ބޭފުޅުންތަކެއް ނޫން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަން ނިމިގެންދިޔަ އިރު މިރާއްޖެއަށް އަންނަންޖެހޭ ކުރިއެރުން އައިސްފައިނުވާ ކަމަށެވެ. އަދި ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުންވެސް މަސައްކަތް ކުރެއްވީ ރާއްޖޭގެ އިސްލާމް ދީނާއި، އެއާޕޯޓްތަކާއި ކުންފުނިތައް ބޭރުގެ ފަރާތްތަކަށް ވިއްކާލަން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމަކީވެސް ލީޑަރެއްގެ ގޮތުގައި ޤަބޫލުނުކުރައްވާ ކަމަށާއި އެމަނިކުފާނަކީވެސް ޤައުމު ބިނާކުރަން މަސައްކަތް ކުރެއްވި ބޭފުޅެއް ނޫން ކަމަށް މިނިސްޓަރ ތާރިޤް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ރައީސް ނަޝީދަކީ ލާދީނީ ފިކުރުގެ ބޭފުޅެއް ކަމަށް އަދާލަތު ޕާޓީގެ ލީޑަރު ޝެއިޚް އިމްރާން މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައިވާއިރު، މިއަދު ފެނިގެން މިދަނީ މި ހަތަރު ބޭފުޅުން ރައީސް ނަޝީދުގެ ފަހަތްޕުޅުގައި ތިބިތަން ކަމަށެވެ.

ސަރުކާރު ހިންގާ މައި ޕާޓީއަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މިޖަލްސާގައި މިނިސްޓަރ ތާރިޤް ވަނީ، އިދިކޮޅު ކޯލިޝަނުން ވަމުން އަންނަ ވައުދުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.