ކާނާ

ރެސިޕީ : ފިއްޒާ ޓޮޕްޑް ގްރިލްޑް ޗިކަން ސޭންޑްވިޗް


ލުއި މީރު އެއްޗެއް ކާން ބޭނުންނަމަ މިއީ ޓްރައިކުރަން ރަގަނޅު އެއްޗެކެވެ.

ބޭނުންވާނެ ތަކެތި :

4 ޗިކަން ބްރެސްޓްކޮޅު (ބާރގާ ބަންގައި ބޭއްވޭ ވަރުގެ)
ލޮނު، އަސޭމިރުސް (ރަހަލާވަރަށް)
6 މޭޒުމަތީ ސަމުސާ ޕިއްޒާ ސޯސް
1 ޖޯޑު މޮއްޒަރެއްލާ (ގާނާފައި)
4 ޗިކަން ހޭމް ނުވަތަ ޕެޕަރޯނީ
4 ބަން (ދެފަޅިކޮށްފައި)

ތައްޔާރުކުރާނެ ގޮތް :

ފުރަތަމަ ގްރިލް ހޫނު ކުރަން ޖައްސާށެވެ. ( އުދުން މަތީ ރޮށިފިހާ ތަވައެއްގައިވެސް ގްރިލް ކުރެވިދާނެ )
ދެން ޗިކަން ބްރެސްޓް ކޮޅިގެ ދެފަޅީގައި ލޮނު، އަސޭމިރުސް އަދި އޮލިވް އޮއިލް ހާކާލައި ގްރިލް މަތީގައި 20 މިނެޓު ވަންދެން ބްރެސްޓް ފިހެލާށެވެ. (ކުކުޅު ރޯފިލަންދެން)
ދެން ކޮންމެ ޗިކަން ބްރެސްޓްގެ މައްޗަށް 2 ސަމުސާ ޕިއްޒާ ސޯސް، ޗީޒް، ޕެޕަރޯނީ އަދި އިތުރު ޗީޒްކޮޅެއް އަޅާލުމަށްފަހު ގްރިލް ބަންދުކޮށްގެން ޗީޒްތައް މެލްޓް ވަންދެން ފިހެލާށެވެ. ދޭފަތަކުން ބްރެސްޓް ނަގާ ބަންގެ ތެރެއަށްލާފައި ބަންދެން އަނެއްފަޅި މަތީގައި ބައިންދާލާށެވެ. އޭރުން ހުންނާނީ ފިއްޒާ ޓޮޕްޑް ގްރިލްޑް ޗިކަން ސޭންޑްވިޗް ތައްޔާރުވެފައެވެ.