ދެހާސް ތިރީސްވަނަ އަހަރުގެ މިނިވަން ދުވަސް އަންނައިރު ރާއްޖޭގައި 18 އަހަރު ފުރިފައިވާ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ލިބި ބޯހިޔާވެހިކަމުގެ މައްސަލައަށް ޙައްލު ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 53ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި އޮތް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ 2030 ވަނައަހަރު އަންނައިރު 18 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް މަދުވެގެން އެއްހާސް އަކަފޫޓުގެ ބިމެއް ނުވަތަ އެޕާޓުމަންޓެއް ލިބިގެންދާނެ ކަމަށެވެ. ރައީސް ޔާމީން ވަނީ އެހާތަނަށް ރާއްޖޭގައި ހިޔާވަހިކަން ނެތް އެއްވެސް މީހަކު ނުހުންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިނާކުރުމަށް އަމާޒުކޮށްފައިވާ އެއްލައްކަ މީހުންގެ ބޯހިޔާވަހިކަމާއި "ވިލިމާލެ 2"ގައި ބިނާކުރުމަށް އަމާޒުކޮށްފައިވާ ތިންލައްކައަށްވުރެ ގިނަ މީހުންގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު ނިމިގެންދާއިރު ކުރިއަށް އޮތް 10 އަހަރަށް ދިވެހިންނަށް ބޭނުންވާ ހުރިހާ ކަމެއްހެން ފުރިހަމަ ވެގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސް ޢަބްދުﷲ ޔާމީންގެ ވާހަކަފުޅުގައި ސަރުކާރުން ހިންގާ ކޮންމެ މަޝްރޫޢުއަކުންވެސް ރައްޔިތުންނަށް ދިމާވެފައިވާ ކޮންމެވެސް މައްސަލައަކަށް ޙައްލު ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީން ވިދާޅުވިއެވެ.
"ވިލިމާލެ 2" ގެ ނަމުގައި ބިޔަ މަޝްރޫޢެއް ހިންގަވާނެކަމުގެ އިޝާރާތެއް ރައީސް ދެއްވާފައިވީނަމަވެސް މިރައްމިއްޔާތުގައި އެކަމުގެ ތަފްސީލް ހާމަކުރައްވާފައެއްނުވެއެވެ. މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި މިޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ފަސް ބޭފުޅަކަށް ލިބިވަޑައިގެންފައިވާއިރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 15 ބޭފުޅަކަށް ވަނީ ލިބިވަޑައިގެންފައެވެ.