ކާނާ

ރެސިޕީ : ޗޫރޯ ބަނާނާ ބައިޓްސް


ފަސޭހައިން ތައްޔާރު ކުރެވޭ އަދި މީރު ފޮނި އެއްޗެއް ތައްޔާރުކޮށްލަން ބޭނުންނަމަ މިއީ ތައްޔާރު ކޮށްލަން ރަނގަޅު އެއްޗެކެވެ.

ބޭނުންވާނެ ތަކެތި :

2 ދޮންކެޔޮ (ތުނި ފޮތިފޮއްޗަށް ކޮށާފައި)
2 މޭޒުމަތީ ސަމުސާ ގްރެނިއުލޭޑަޓް ޝުގަރ
2 މޭޒުމަތީ ސަމުސާ މުގުރި ފޮނިތޮށި
1 މޭޒުމަތީ ސަމުސާ ކޮކޮނަޓް އޮއިލް
¼ ޖޯޑު މެލްޓްކޮށްފައި ހުރި ޗޮކޮލެޓް

ތައްޔާރުކުރާނެ ގޮތް :

ކުޑަ ބޯތައްޓެއްގައި ހަކުރު އަދި މުގުރި ފޮނިތޮށި އެއްކޮށްލާށެވެ.
ދެން އުދުންމަތީ މަޑުގިނީގައި ތާހެއް އުދައި އޭގެތެރެއަށް ކާށިތެޔޮ އަޅާ ހޫނުކޮށްލާށެވެ. ދެން ތާހުގެ ތެރެއަށް ދޮންކެޔޮކޮޅުއަޅައި އެއްކޮށްލާށެވެ. 2 މިނެޓު ވުމުން ކުރިން އެއްކުރި ހަކުރު އަދި ފޮނިތޮށި އެތީގެ އެއްބައި ދޮންކެޔޮތަކުގެ ތެރެއަށްއަޅައި އެއްކޮށްލަފައި މީރުކޮށްލާނީއެވެ. އަދި 2 މިނެޓެއްހާއިރުވުމުން ބާކީހުރި ހަކުރު/ފޮނިތޮށި ކޮޅުވެސް އަޅާ އެއްކޮށްލާށެވެ. 1 މިނެޓުވުމުން މިހުރީ މީތި ތައްޔާރުވެފައެވެ. ދެން މެލްޓްކޮށްފައި ހުރި ޗޮކޮލެޓުގައި ޖައްސައިގެން ކާންވީއެވެ.