މިފަހަރު މިގެނެސްދެނީ ދިވެހިންގެ މެދުގައި މަޤުބޫލު ބުއިމެއްގެ ރެސިޕީއެކެވެ.

ބޭނުންވާނެ ތަކެތި:

½ ޖޯޑު ސެމޮލީނާ (ސޫޖީ)
½ ޖޯޑު ކަނަމަދު (ކުދިކޮށް ކޮށާފައި)
1 ޖޯޑު ފިޔާ (ތުނިތުނިކޮށް ކޮށާފައި)
½ ޖޯޑު ހިކި މޭބިސްކަދުރު
2 ސައިސަމުސާ ގިތެޔޮ (ބަދަލުގައި ވެޖެޓަބަލް އޮއިލްވެސް ބޭނުންކުރެވިދާނެ)
½ ދަޅު ގެރިކިރު
ރަހަލައްވަން ބޭނުންވާ ވަރަށް ހަކުރު (ޑައިޓް ހަކުރުވެސް ބޭނުންކުރެވިދާނެ)
5 ކާފުރުތޮޅި
2 ރާނބާފަތް (1/2 އިންޗި އެތިކޮޅު ކޮޅަށް ކޮށާފައި)
3 ފޮނިތޮށި ކޮޅު
6 ޖޯޑު ފެން
2 ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް :

މަޑުގިނީގައި ތެއްޔެއްގައި ގިތެޔޮކޮޅާއި (ނޫނީ ވެޖަޓަވަލް ތެލާއެކު) ފިޔާ އަދި ރާނބާފަތް މީރުކޮށްލާށެވެ. ދެން މީގެތެރެއަށް ހިކި މޭބިސްކަދުރު، ކާފުރުތޮޅި، ފޮނިތޮށި، ކަނަމަދު އަޅާ އެއްކޮށްލާށެވެ. ހުރިހާ އެއްޗެއް ރަގަނޅަށް މީރުވެލަންދެން މީރުކުރުމަށްފަހު މީގެތެރެއަށް ސެމޮލީނާ އަޅާ މަޑުގިނީގައި 2 މިނެޓެއްހާއިރު ކައްކާލާށެވެ. ދެން ހަކުރު އަދި ފެންއަޅައި، ހަކުރުތައް އެކީ ގިރުނީމަ މީގެތެރެއަށް ކިރުއާޅާ ގިރަ ގިރާ ދިހަ ވަރަކަށް މިނެޓު ބަހައްޓާށެވެ. ހުރިހާ އެއްޗެއް އެއްވެ ބޮކިއަރަންފެށުމުން ވެނީލާ އެސެންސްއަޅާ އެއްކޮށްލައި، އަދި މަޑު ގިނީގައި 2 މިނެޓު ކައްކާލާށެވެ.