ކާނާ

ރެސިޕީ : ބީފް ޗިލީ


ބީފް ޗިލީ މިއީ ކުޅިކޮށް ކާހިއްވާ މީހުންނަށް ވަރަށް ކަމުދާނެ އެއްޗެކެވެ. މިއީ ސައިޑް ޑިޝްއެއްގެ ގޮތުގައި ނުވަތަ ހުހާވެސް ކާލަން މީރު އެއްޗެކެވެ. ބަތް، ރޮށި، ޕާން އަދި ބަނަހާއެކުވެސް ބީފް ޗިލީ ކެވިދާނެއެވެ.

ބޭނުންވާނެ ތަކެތި :

1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
½ ފިޔާ (ކުދިކޮށް ކޮށާފައި)
3 ލޮނުމެދު ކޮޅު (ކުދިކޮށް ކޮށާފައި)
4 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
2 ޖޯޑު ބީފް (ކުދިކޮށްކޮށާފައި)
2 މޭޒުމަތީ ސަމުސާ ތެޅި މިރުސް
1 މޭޒުމަތީ ސަމުސާ ދިރި
1 މޭޒުމަޓީ ސަމުސާ ލޮނުމިރުސް
ލޮނު
1 ދަޅު ކިޑްނީ ބީންސް (ފެންހުސްކޮށްފައި)
3 ޓޮމާޓޯ (ކުދިކޮށް ކޮށާފައި)

ތައްޔާރުކުރަނެ ގޮތް :

ބޮޑު ތަވައެއްގައި ތެޔޮކޮޅު ހޫނުކޮށްލުމަށްފަހު ފިޔާ ކޮޅު އަޅާ ރަތްކޮށްލައި. ދެން މީގެތެރެއަށް ލޮނުމެދު، ޓޮމާޓޯ ޕޭސްތް އަޅާ 2 މިނެޓެއްހާއިރު މީރުކޮށްލާ. އެއަށްފަހު ބީފް ކޮޅު ތާހުގެ ތެރެއަށް އަޅާ ރޯފިލަންދެން ކައްކާލައި. 15 މިނެޓެއްހާއިރުވުމުން ތާހުގެ ތެރެއަށް ތެޅިމިރުސް، ލޮނުމިރުސް، ލޮނު، ދިރި އަޅާ. އަދި ހުރިހާއެއްވެސް އެއްކޮށްލާށެވެ. 2 މިނެޓުކޮށްފަ މީގެތެރެއަށް ކީޑްނީ ބީންސް އަދި ޓޮމާޓޯތައްވެސް އަޅާ އެއްކުރޭ. އަދި ތާހުގެ މަތިޖަހާ 20 މިނެޓު މަޑުގިނީގައި ކައްކާލައި. މިހުރީ ޖިލީ ބީފް ތައްޔާރުވެފައި.