ކާނާ

ރެސިޕީ : އިޓާލިއަން މެކް އެންޑް ޗީޒް


ޕާސްތާ އަދި ޗީޒް ކާހިއްވާ ފަރާތްތަކަށް މިއީ ވަރަށް ރަނގަޅު ރެސިޕީއަކަށްވާނެކަން ޔަގީނެވެ.

ބޭނުންވާނެ ތަކެތި :

2 ޖޯޑު މިންސް ބީފް
1 ބޮޑު ފިޔާ (ތުނިކޮށް ފޮތި ފޮއްޗަށް ކޮށާފައި)
2 ލޮނުމެދު ކޮޅު (ކުދިކޮށް ޗަސްކޮށް ކޮށާފައި)
1 ބެލް ޕެޕަރ (ކުދި އެތިކޮޅުކޮޅަށް ކޮށާފައި)
ޝެލް ޕާސްތާ ޕެކެޓެއް (10 މިނެޓު ހޫނުފެނުގައި ކައްކާ ރޯފިލުވާފައި)
1 ޖޯޑު ޓޮމާޓޯ ޕޭސްޓް
1 ½ ޖޯޑު ހޫނު ފެނުގައި ގިރާފައިހުރި ޗިކަން ސްޓޮކް
½ ޖޯޑު ހެވީ ކްރީމް
1 ޖޯޑު މޮޓްޒަރެއްލާ (ގާނާފައި)
1 ޖޯޑު ޗެޑަރ ޗީޒް (ގާނާފައި)

ތައްޔާރުކުރާނެ ގޮތް :

ފުރަތަމަ އުދުން މަޑުގިނީގައި ޖައްސައި، ތެޔޮކޮޅަކާއެކު ތާހެއްގައި ބީފްކޮޅު ރޯފިލުވާލާށެވެ. ބީފްގެ ކުލަ ބްރައުންވުމުން ތާހުގެ ތެރެއަށް ފިޔާ، ލޮނުމެދު، ބެލްޕެޕަރ އަޅާ ފަސްމިނެޓު މީރުކޮށްލާށެވެ. ފަސްމިނެޓުވުމުން މީގެތެރެއަށް ކައްކާފައި ހުރި ޕާސްތާއާއި، ޓޮމާޓޯ ޕޭސްޓް އަދި ޗިކަން ސްޓޮކް އަޅާ އެއްކޮށްލާށެވެ.
ދެން ތާހުގެ މަތިޖަހާ ދިހަ ވަރަކަށް މިނެޓު ކައްކާލާށެވެ. ފެންގަނޑު ކުޑަކޮށް ހިދެން ފެށީމަ މީގެތެރެއަށް މޮޓްޒަރެއްލާ އަދި ޗެޑަރ ޗީޒް އަޅާ ކޮންމެސްވަރަކަށް މެލްޓް ވަންދެން އެއްކޮށްލާށެވެ. މިހުރީ އިޓާލިއަން މެކް އެންޑް ޗީޒް ތައްޔާރުވެފައެވެ.