ކާނާ

ރެސިޕީ : ކައުލީފްލާވަރ ރައިސް


ތައްޔާރު ކުރުމަށް ބޭނުންވާނޭ ތަކެތި :

1 ކައުލީފްލާވަރ (ބޭނުންކުރާ ބައި ވަކިކޮށް ކޮށާފައި)
1 މޭޒުމަތީ ސަމުސާ ކާށި ތެޔޮ
2 ރަތް ތޮށި މިރުސް (ތުނިކޮށްކޮށާފައި)
ކުޑަ އިނގުރުކޮޅެއް (ތޮށިމަށައި، ކުދިކޮށް ކޮށާފައި)
2 ލޮނުމެދު (ކުދިކޮށް ކޮށާފައި)
4 ފިޔާ (ތުނިކޮށް ކޮށާފައި)
ލޮނު އަސޭމިރުސް

ތައްޔާރުކުރާނެ ގޮތް :

ފުޑް ޕްރޮސެސަރއެއްގައި ނުވަތަ މިކްސަރެއްގައި ކައުލިފްލާވަރތައް ހިމުން ވަންދެން މުގުރާލާށެވެ.
އެއަށްފަހު ތާހެއްގައި މެދުގިނީގައި ކާށި ތެޔޮކޮޅު ހޫނުކުރާށެވެ. މީގެތެރެއަށް މިރުސް، ލޮނުމެދު، އިނގުރު އަދި ފިޔާކޮޅު އަޅާ މީރުކޮށްލާށެވެ. ދެން މީގެތެރެއަށް ކައުލީފްލާވަރއަޅާށެވެ. ދެން ލޮނު އަދި އަސޭމިރުސް އަޅާށެވެ. އެއަށްފަހު 20 މިނެޓު، ނުވަތަ ކައުލީފްލާވަރތައް ރީނދޫ ވަންދެން ކައްކާލާށެވެ. މިހުރީ ކައުލީފްލާވަރ ރައިސް ތައްޔާރުވެފައެވެ.