ކާނާ

ރެސިޕީ : ބޭކްޑް ޕޮޓޭޓޯސް ވިތް ސޭވަރީ މިންސް އެންޑް ޕީޒް



މިއީ ތައްޔާރު ކުރަން ފަސޭހަ އަދި އެހާމެ މީރުއެއްޗެކެވެ.

ބޭނުންވާނެ ތަކެތި :

4 ބޮޑު އަލުވި (ދޮވެފަ ، ތޮށިނުމަށައި)
500ގ މިންސް ބީފް
1 ޖޯޑު ވެޖިޓަބަލް މިކްސް (ފްރީޒްކޮށްފަ ހުންނަ ވައްތަރު)
2 މޭޒުމަތީ ސަމުސާ ފުށް
1 ޖޯޑު ބީފް ސްޓޮކް
1 ޖޯޑު ފެހި އޮއް (ފްރޯޒަން)
2 މޭޒުމަތީ ސަމުސާ ތިކަންޑް ކްރީމް
½ ޖޯޑު ޗެޑަރ ޗީޒް (ގާނާފައިހުރި)

ތައްޔާރުކުރާނެ ގޮތް :

ފުރަތަމަ އަވަން 180 ޑިފްރީއަށް ޖައްސާށެވެ. ދެން އަލުވިތައް ޓްރޭއެއްގައި އަތުރާށެވެ. އަދި ކޮންމެ އަލުއްވެއްގައި އުލަކުން ހަރައި ލޯވަޅުތައް ހަދާށެވެ. އެއަށްފަހު އަވަނަށްލައި 50 މިނެޓު އަލުވިތައް ފިހެލާށެވެ.

ދެން ތާހެއްގައި މެދުގިނީގައި މިންސް ބީފްކޮޅު ކައްކާލާށެވެ. ބީފްގެ ކުލަ ބަދަލުވެ، ރަގަނޅަށް ރޯފިލުމުން އޭގެތެރެއަށް ތަރުކާރިކޮޅުއާޅައި އެއްކޮށްލައި މީރުކޮށްލާށެވެ. 5 މިނެޓެއްހާއިރު ވުމުން މިތަކެތީގެ މައްޗަށް ފުށްކޮޅުއަޅައި އެއްކޮށްލާށެވެ. އަދި ބީފް ސްޓޯކްކޮޅުއަޅައި 3 މިނެޓު ވަންދެން ކައްކާލާށެވެ.

ވަކިން އެހެން ތާހެއްގައި 2 މިނެޓުވަންދެން ފެހި އޮއްތައް ކައްކާށެވެ. ދެން ފެންތައް އުކާލާފައި ކްރީމްއަޅާއިގެން އުލަކުން އޮށްތައް ޗަސްކުރާށެވެ.
ދެން ކުރިން އަވަނުގައި ފިހުނު އަލުވިތައް ދެފަޅިކޮށްފައި، އޭގެ އެންމެ އެތެރެއަށް ބީފް މިންސް، މެދަށް ޗެޑަރ ޗީޒް އަދި އެންމެ މައްޗަށް ފެހި އޮށުން ހެދި މޭޝްއަޅާށެވެ. މިއަށްފަހު ހުރިހާ އަލުވިތައް އަނެއްކާވެސް އަވަނަށްލައި 8 މިނެޓެއްހާއިރު ފިހެލާށެވެ.