ޚަބަރު

އަށް ބާވަތެއްގެ ޖުމްލަ 174 މައްސަލަ މިދިޔަ މަހު ޖެންޑައަށް ހުށައަޅާފައިވޭ


އަށް ބާވަތެއްގެ ޖުމްލަ 174 މައްސައެއް ޖެންޑަރ މިނިސްޓްރީއަށް މިދިޔަ މަހު ހުށަހަޅާފައިވާކަމަށް އެމިނިސްޓްރީއިން ބުނެފިއެވެ. މީގެތެރޭގައި ކުޑަކުދިންނާއި، ޢުމުރުން ދުުވަސްވީ މީހުނަށް ދިމާވާ މައްސަލަތަކާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މައްސަލަތައް ހިމެނެއެވެ.

ޖެންޑަރ މިނިސްޓްރީއަށް މިދިޔަމަހު ހުށައަޅާފައިވާ މައްސަލަތަކުގެތެރޭގައި، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާއި ގުޅޭ 79 މައްސަލައާއި، ވަކިޖިންސަކަށްވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ 33 މައްސަައާއި، ޢާއިލީ އެކި މައްސަލަތަކުގެތެރޭގައި ހިމެނޭ 22 މައްސަލައާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުންދުވަސްވީ މީހުންނަށް އެހީތެރިކަން ބޭނުންވެގެން ހުށަހެޅި 14މައްސަލައަކާއި، ކުޑަކުދިންގެ އަޚްލާގާގުޅުން ހުރި 9 މައްސަލައަކާއި، ކުޑަކުދިންގެ ޙައްޤުތަކުން އެކުދިން މަަޙްރޫމްކުރުމުގެ 7 މައްސަލައާއި، އަމިއްލަ ނަފްސަށް ގެއްލުން ދިނުމަށް މަސައްކަތްކުރި 7 މީހެއްގެ މައްސައިގެ އިތުރުން އެކިބާވަތުގެ ކުށްކޮށްގެން 2 ކުއްޖެއްގެ މައްސައެއް ވަނީ މިނިސްޓްރީއަށް ހުށަހަޅާފައެވެ.

މިދިޔަމަހު ހުށައެޅި 174 މައްސަލައިގެ %45 ޙިއްސާކުރަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއެވެ. ޖެންޑަރ މިނިސްޓްރީގެ އެހެން މަސްމަހުގެ ތެފާސްހިސާބުތަކަށް ބަލާއިރުވެސް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ތަކަކީ އެންމެ ގިނައިން އެ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވާ މައްސަތައްކަން ފާހަގަކުރެވެއެވެ.

އެގޮތުން އެންމެ ގިނައިން ހުށަހަޅާ މިފަދަ މައްސަލައިގެތެރޭގައި ކުދިންނަށް އިހުމާލުވުން ހިމެނޭއިރު، މީގެ 25 މައްސަލަ ހުށައަޅާފައިވެއެވެ. މީގެއިތުރުން ޖިސްމާނީ ހާނިކައިގެ 18 މައްސަލައާއި، ޖިންސީ ހާނިކައިގެ 18 މައްސަލައާއި، ނަފްސާނީ ހާނިކައާއި، ކުދިން ދޫކޮށްލާފައި ދިއުމާއި، އިންޓަރނެޓް މެދުވެރިކޮށް ގަނާލިބުމުގެ މައްސަތައް ހިމެނެއެވެ.

ވަކިޖިންސަކަށްވީތީ ކުރާ އަނިޔާގެ ތެރޭގައި، ޖިސްމާނީ އަނިޔާގެ 12 މައްސަލައާއި، އަނގަބަހުން ކޮށްފައިވާ އަނިޔާގެ 9 މައްސަލައާއި، ބިރުދެއްކުމަށް ކޮށްފައިވާ އަނިޔާގެ 4 މައްސަލައާއި، ރޭޕްގެ 2 މައްސަލައާއި، މިނޫންވެސް ފާރަލުމާއި، ބާރާއި ނުފޫޒު ފޯރުވުމުގެ މައްސަލަތައް ހިމެނެއެވެ. މިދިޔަމަހު ދެން އެންމެ ގިނައިން ހުށައަޅާފައިވަނީ އާއިލީ މައްސަލަތަކެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރޭގައި، ކުދިން ބެލުމުގެ ދިމާވާ ދަތިތަކުގެ 12 މައްސަލައާއި، ޙަޟާނާ ނުވަތަ ކުދިންނާ ބައްދަލުނުކުރެވިގެން ހުށަހަޅާފައިވާ 10 މައްސަލަ ފާހަގަކުރެވެއެވެ.

މީގެއިތުރުން ވޭތުވެދިޔަ މަހު ހުށައަޅާފައިވާ ބައެއް މައްސަލަތަކަށް ބަލާއިރު، ދުވަސްވީ މިހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން އަޅާލުން ބޭނުންވެގެން ހުށަހެޅި 14 މައްސަލައާއި، ސްކޫލަށްދާން ބޭނުން ނުވުމާއި، ގެއިން ނުކުމެގެން ދިއުމާއި ގަނާ ކުރުމުގެ 9 މައްސަލައާއި، ކުޑަކުދިންގެ ސިއްޙީ ފަރުވާއާއި ތަޢުލީމަށް ހުރަސްއެޅުމާއި، އުފަންވުން ރަޖިސްޓްރީ ނުކުރުމު 7 މައްސަލައިގެ އިތުރުން އަމިއްލަ ނަފްސައް ގެއްލުން ދިނުމާއި ކުށްކުރާ ކުޑަކުދިންގެ މައްސަލަތައް ހިމެނެއެވެ.