ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ގިނަ ގޯލުޖަހާ ކުޅުންތެރިޔާއަށް ދޭ ރަންބޫޓު އިނގިރޭސި ކެޕްޓަން ހެރީކޭންއަށް ދީފިއެވެ.

ރަޝިޔާގައި ރޭ ނިމުނު މުބާރާތުގެ ރަންބޫޓު އޭނާއަށް ލިބުނީ މުބާރާތުގައި ހަ ގޯލު ޖަހާފައިވާތީއެވެ. މި ހުރިހާ ގޯލެއް ވެސް ކޭން ޖަހާފައިވަނީ ގްރޫޕް ސްޓޭޖުގައެވެ. ސެމީ ފައިނަލާއި ތިން ވަނަ ހޮވި މެޗުން ބަލިވި، އިނގިރޭސި ކެޕްޓަންގެ ހަ ގޯލުގެ ތެރެއިން ތިން ގޯލަކީ ޕެނަލްޓީން ޖެހި ގޯލުތަކެވެ.
މުބާރާތުގެ ދެވަނައަށް އެންމެ ގިނަ ގޯލު ޖަހައިގެން ރިހިބޫޓު ލިބުނީ ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ އަށެވެ. އޭނާ ވަނީ ހަތަރު ގޯލު ޖަހާފަ އެވެ. ރޭގެ ފައިނަލް މެޗުގައި ކްރޮއޭޝިޔާ ކޮޅަށް ޖެހި ދެ ގޯލާއެކު ލޯ ބޫޓު ލިބުނީ ފްރާންސްގެ ފޯވަޑް އެންޓޮއިން ގްރިއެޒްމަން އަށެވެ. އޭނާ އަކީ މުބާރާތުގެ ރަންވަންލޯ އެވޯޑް ހޯދި ކުޅުންތެރިޔާވެސްމެއެވެ.
ކޭން ބުނީ ރަންބޫޓަކީ އޭނާގެ ޓާގެޓެއްނޫން ކަމަށެވެ.

"އަހަރެންގެ ޓާގެޓަކީ މުބާރާތުގެ ތަށި. ތައްޓާއެކު ރަންބޫޓު ލިބިއްޖެނަމަ ވަރަށް އުފާވާނެ. އިންޑިވިޖުއަލް ކާމިޔާބީތައް އަންނާނީ ޓީމުގެ ކާމިޔާބީ އަށްވުރެ ފަހުން،" ޓޮޓެންހަމުގެ ފޯވަޑް ބުންޏެވެ.