ކާނާ

ރެސިޕީ : ނެސްކެފޭ އައިސް ކޮފީ މޯޗާރ


ކޮފީ އަދި ޗޮކޮލެޓު މީރު ފަރާތްތަކަށް މީއީ ވަރަށްވެސް ކަމުދާނެ އެއްޗެކެވެ.

ބޭނުންވާނެ ތަކެތި :

2 ސަމުސާ ނެސްކެފޭ ގޯލްޑް ކޮފީ
4 ޖޯޑު ކިރު
1/3 ޖޯޑު ޗޮކޮލެޓު ޑްރިންކް ޕައުޑަރ

ތައްޔާރުކުރަނެ ގޮތް :

ހޫނު އެއްޗެހި އެޅޭކަހަލަ ޖަގެގައި ކޮފީއާއެކު 2/3 ޖޯޑު ހޫނުފެން އަޅާ ގިރާލާށެވެ. ދެން މީގެތެރެއަށް ½ ޖޯޑު އާދައިގެ ފިނިފެން އަޅާށެވެ. އެއަށްފަހު 14 އައިސްކިއުބްކޮޅު ހެދޭ ކަހަލަ ޓްރޭއަކަށް ގިރި ކޮފީ އެޅުމަށްފަހު 6 ވަރަކަށް ގަޑިއިރު ގަނޑުކޮށްލާށެވެ.
ދެން ކުޑަ ތާހެއްގައި ކިރުފޮދު ހޫނުކުރާށެވެ. މާބޮޑަށް ހޫނުނުވަނީސް ޗޮކޮލެޓް ޑްރިންކް ޕައުޑަރ އަޅާ އެއްކޮށްލާށެވެ. އަދި އުދުންމަތިން ތާސްނަގާށެވެ.
ކުރިން އައިސްކުރި ކިއުބްތައް ތިން ތައްޓަށް ބަހާލާށެވެ. އަދި މީގެތެރެއަށް ކެއްކި ޗޮކޮލެޓް ޑްރިންކްއަޅާށެވެ.