ކާނާ

ރެސިޕީ : ރާސްބެރީ ޖެލީ ކޭކް



ފޮނި ކާތަކެތި ކަމުދާ މީހަކަށްވެއްޖެނަމަ މިއީ ރަހަ ބަލާލަން ރަގަނޅު އެއްޗެކެވެ. ތައްޔާރުކުރަކަވެސް އުދަނގުލެއް ނުވާނެއެވެ.

ބޭނުންވާނެ ތަކެތި :

85ގ ގެ ރާސްބެރީ ޖެލީ ކްރިސްޓަލްސް (ޖެލީ ހަދާ ޕެކެޓު)
1 ހޫނު ފެން ޖޯޑު
125ހ ބަޓަރ (މަޑުކޮށްފައި)
1/3 ޖޯޑު ކާސްޓަރ ޝުގަރ
1 ސައިސަމުސާ ވެނީލާ އެކްސްޓްރެކްޓް
2 ބިސް
1 ¼ ސެލްފް ރައިޒިން ފްލާ
¼ ޖޯޑު ކިރު
2 ޖޯޑު ހުނި (ހިއްކާފަހުރި)
300މލ ތިކަންޑް ކްރީމް
1 ސައިސަމުސާ އައިސިން ޝުގަރ

ތައްޔާރުކުރަނެ ގޮތް :

ފުރަތަމަ އަވަން 160 ޑިގްރީއަށް ޖައްސާށެވެ. ދެން ބާރަ މަފިން ހެދޭވަރުގެ ތައްނުލަވާ ޓްރޭއެއްގައި ބަޓަރ ކާތާލާށެވެ.
ބޯތައްޓެގައި ހޫނުކޮށްފައި ހުރި ފެނާ، ޖެލީ ކްރިސްޓަލްސް އަޅާށެވެ. އަދި ހުރިހާ އެއްޗެއް ގިރެންދެން އެއްކުރާށެވެ. ދެން މީގެތެރެއަށް 200މލ ފިނި ފެންއަޅާށެވެ. އަދި މަތިޖެހުމަށްފަހު އެކުގައި ޖެލީއަށް ނުވާހާއިރު، އެކަމަކުވެސް ކުޑަކޮށް ހަރުވެލަންދެން ފްރިޖަށްލާ ފިނިކުރާށެވެ.

އަނެއްކޮޅުން ކޭކް މިކްސަރއެއް ބޭނުންކޮށްގެން ބަޓަރ، ކާސްޓަރ ޝުގަރ، ވެނީލާ 6 ވަރަކަށް މިނެޓު އެއްކުރާށެވެ. ދެން ވަކި ވަކިން ބިސްއަޅާށެވެ. ކޮންމެ ބިހެއް އަޅާފައި 1 މިނެޓު މިކްސްކުރައްޗެވެ. ދެން މިކްސަރުން އެއްކުރި އެއްޗެތި ތެރެއަށް ފުއް ފުރާނާފައި އަޅާށެވެ. އަދި ކިރުވެސް އަޅާލާށެވެ. ހުރިހާ އެއްޗެއް އެކުގައި މިކްސަރުން މަޑުމަޑުން އެއްކުރާށެވެ. އަދި މިކްސްކޮށްނިމުމުން މަފިން ޓްރޭތަކަށް ކޭކު ފުއްގަނޑު ވަކިވަކިން އަޅާށެވެ. އަދި އަވަނަށްލާ 15 މިނެޓެއްހާއިރު ފިހެލާށެވެ. ކޭކު ފިހެވުމުން ނަގާ ހިހޫވެލަންދެން ވަހައްޓާށެވެ.

ދެން ކޭކުތައް ހިހޫވުމުން ކުރިން ހެދި ޖެލީ އެއްޗަށްލާ ޑިޕްކުރާށެވެ. އެއަށްފަހު ޑްރައިކޮށްފައިހުރި ހުނިތައް ކޮންމެ ކަޕްކޭކެއްގެ ވަށައިގެންލާފަ ޓްރޭއެއްގައި އަތުރާށެވެ. ހުރިހާ ކޭކެއް މިހެން ހަދާފައި ފްރިޖަށްލާ 1 ގަޑިއިރު ފިނިކުރާށެވެ.
އަނެއްކޮޅުން އެލެކްޓްރިކް މިކްސަރއެއްގައި ކްރީމް، އައިސިން ޝުގަރ އޮލަވެލަންދެން މިކްސްކުރާށެވެ. އަދި ކުރިން ފިނި ކުރި ކޭކުތައް ނަގާ މަޑުމަޑުން ވަޅިއަކުން ދެފަޅިކޮށްފައި މެދުގައި މިހެދި ކްރީމް އުގުޅުމަށްފަހު ދެބައި ގުޅުވަލާށެވެ.