ޚަބަރު

4،000 މީހުން ޒިޔާރަތްކުރި ވެކޭޝަންސް އެކްސްޕޯ 2018 ނިންމާލައިފި


ހަތަރު ހާހަށްވުރެ ގިނަ މީހުންގެ ރަޖިސްޓްރީއަކާއެކު ވެކޭޝަންސް އެކްސްޕޯގެ ތިން ވަނަ އެޑިޝަން ކާމިޔާބުކަމާއިއެކު ނިމްމާލައިފިއެވެ. ހައިރައިސްއިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ މި އެކްސްޕޯއަކީ ރާއްޖޭގެ ފަތުރުވެރިކަމާއި ވިޔަފާރި އިތުރަށް ކުރިއަރުވައި، އެ ދާއިރާއާ ގުޅުންހުރި ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި ޢާންމުންގެ މެދުގައި ގުޅުން ޤާއިމްކުރެވޭނެ ޕްލެޓްފޯމެއް އުފެއްދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ އެކްސްޕޯއެކެވެ.

ހައިރައިސްއިން މިފަހަރުގެ އެކްސްޕޯ ކުރިއަށްގެންގޮސްފައިވަނީ އަގުހުރި ޢިނާމުތައް ލިބޭ ޕްރޮމޯޝަންތަކަކާއެކު، ނޭޝަނަލް އާރޓް ގެލެރީގައިއެވެ.
ވެކޭޝަންސް އެކްސްޕޯގެ ތެރެއިން ޕީއެސްއެމް ނިވްސް އާއި ވާހަކަދައްކަމުން ހައިރައިސްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރ މަރިޔަމް މާއިޝާ ވިދާޅުވީ މި އަހަރު ގެ އެކްސްޕޯގައި 10 ދާއިރާ އަކުން 23 އެގްޒިބިޓަރުން ބައިވެރިވެފައިވާކަމަށެވެ. އެގޮތުން އެކްސިބިޓަރުންގެ އިތުރުން ސްޕޮންސަރުންގެ ފަރާތުން ބޮޑެތި އިނާމުތަކެއް އާންމުންނަށް ދޫކޮއްލާކަން މާއިޝާ ފާހަގަކުރެއްވެވިއެވެ. މިމޭރުމުން ވާހަކަދައްމުން މައިޝާ ވިދާޅުވީ އިނާމުތަކުގެ ތެރޭގައި ހައްޖާއި އުމްރާ ދަތުރުތަކުގެ އިތުރުން ދިވެހިން ބޮޑު އީދުގައި ދަތުރުކުރައި މައިގަނޑު މަންޒިލްތަކަށް 50 ޕަސެންޓް ޑިސްކައުންޓް ރޭޓްތަށްވެސް ހިމެނޭކަން ފާހަގަކުރެއްވެވިއެވެ.

މިއެކްސްޕޯ އަކީ މޯލްޑިވްސް ނޭޝަނަލް ޗެމްބަރ އޮފް ކޮމާރސްއިން އެންޑޯރސްކޮށް، އިނަރ މޯލްޑިވްސް އާއި ތައިލޭންޑް ޓޫރިޒަމް ގެ އިތުރުން އެލައިޑް އިންޝުއަރެންސް ސްޕޮންސަރ ކުރާ އެކްސްޕޯއެކެވެ.