ކާނާ

ރެސިޕީ : ނޯ-ބަޓަރ ޗޮކޮލެޓް ކޭކް


ހަށިގަނޑަށް ބަލައިގެން ފޮނިކާތަކެތި ކާން ބޭނުންވާނަމަ ބަޓަރފަދަ ތަކެތި މަދުކުރުން މުހިންމެވެ. އެހެންވެ މި ކޭކަކީ މިފަދަ ފަރާތްތަކަށް ވަރަށް ކަމުދާނެ ކޭކެކެވެ.

ބޭނުންވާނެ ތަކެތި :

2 ބިސް
1 ޖޯޑު ކާސްޓަރ ޝުގަރ
½ ސައިސަމުސާ ވެނީލާ އެސެންސް
½ ޖޯޑު ކޮކޯ ޕައުޑަރ
1/3 ޖޯޑު ފުއް
1 ޖޯޑު ސެލްފް ރެއިޒިން ފްލާ
¼ ޖޯޑު ލޯ ފެޓް ކިރު
2/3 ޖޯޑު ޒައިތޫނި ތެޔޮ
ކޭކު މައްޗަށް ބުރުއްސާލަން އަދި ކުޑަ ކޮކޯ ކޮޅެއް

ތައްޔާރުކުރާނެ ގޮތް :

އަވަން 160 ޑިގްރީއަށް ޖައްސާށެވެ. ދެން ކޭކު ފިހާ ޓްރޭއެއްގައި ބަޓަރ އުގުޅަފައި، ފުށްއަޅާ ފަތުރާލާށެވެ.
ކޭކު މިކްސްކުރާ އެއްޗަކުން ބިސް، ހަކުރު ބޯތައްޓެއްގައި މިކްސްކުރާށެވެ. މިތަކެތި ކްރީމީ ވަންދެން އެއްކުރުމަށްފަހު ވެނީލާ އެސެންސް ކޮޅު އަޅާށެވެ. އަދި ބޮޑު ބޯތައްޓަކަށް ބިސް، ހަކުރު އަދި ވެނީލާ މިކްސްގަނޑު ބަދަލްކޮށްލާށެވެ.
ދެން އެބޯތައްޓަށް މަޑުމަޑުން ފުށާ ކޮކޯ ޕައުޑަރ ފުރާނާލާށެވެ. މިއަށްފަހު ހުރިހާ އެއްޗެއް އަތުން ސަމުސަލަކުން އެއްކުރާށެވެ. ދެން ތެލާ ކިރުވެސް މީގެތެރެއަށްއަޅާ އެއްކުރާށެވެ. ހުރިހާ އެއްޗެއް އެއްވުމުން ފިހާ ޓްރޭއަށްއަޅާށެވެ. އަދި އަވަނަށްލާ 40ހަކަށް މިނެޓު ފިހެލާށެވެ. މިހުރީ މީތި ތައްޔާރުވެފައެވެ. ކޭކު ފިހެ ނިމި ހިހޫވުމުން ކޮކޯ ޕައުޑަރކޮޅު މައްޗަށް ބުރުއްސާލާށެވެ.