ޚަބަރު

ބްރިޖުގައި ދުއްވަން 22 ބަހެއް ރާއްޖެ ގެންނާނެ - އެމް.ޕީ.އެލް


ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ހުޅުވުމާއެކު ފެށިގެންދާ ޢާއްމު ދަތުރުފަތުރުގެ ނިޒާމަށް ބޭނުންވާ 22 ބަސް މިމަހުގެ ފަހުކޮޅު ރާއްޖެއަށް ގެންނާނެކަމަށް އެމްޕީ.އެލް އިން ބުނެފިއެވެ.

މި މަސައްކަތްކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވާ ކުންފުނި، އެމް.ޕީ.އެލްއިން ބުނީ މިމަހުގެ ފަހުކޮޅު ޖުމްލަ 22 ބަސް މާލެއަށް ގެނެއުމަށް ރާވާފައިވާ ކަމަށާއި، މީގެ ތެރޭގައި ޑަބަލް ޑެކް ގެ 8 ބަހާއި، 7 ކައުޗް ބަހުގެ އިތުރުން މިހާރު ޢާންމުކޮށް ހުޅުމާލޭގެ ޕަބްލިކް ޓްރާންސް ޕޯޓުގެ ދަތުރު ފަތުރަށް ބޭނުންކުރާ ފަދަ ސިޓީ ބަހުގެ 6 ބަސް ހިމެނޭނެ ކަމަށްވެސް އެމް.ޕީ.އެލް އިން މަޢުލޫމާތުދެއެވެ.

ޑަބަލް ޑެކް ބަހުގައި ކޮންމެ ބަހަކީވެސް 80 އަށް ވުރެ ގިނަ ފަސެންޖަރުންގެ ޖާގައިގެ ބަސްތަކެއްކަމަށާ، ކައުޗް ބަހުގައި 60 ފަސެންޖަރުން ގެ ޖާގަ ހުންނަ އިރު، ސިޓީ ބަސްތަކުގައި 30 ފަސެންޖަރުންގެ ޖާގަ ހުންނާނެކަމަށް އެކުންފުނިން ބުނެއެވެ. މި ހުރިހާ ބަހަކީވެސް ޗައިނާ ގެ ކުންފުންޏަކާއި ގުޅިގެން ގެންނަ ބަސްތަކެކެވެ.

ޗައިނާ މޯލްޑިވްސް ފްރެއިންޑްޝިޕް ބްރިޖު ގެ މަސައްކަތް ކުރިން ލަފާކުރެވުނު ތާރީޚައް ވުރެ އަވަސް ސްޕީޑޭއްގައި ނިމެމުން އަންނަ އިރު، އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހާއި ހަމައަށް މި މަސައްކަތް މުޅިން ނިންމާލެވޭނެކަމަށް އުއްމީދުކުރައްވާ ކަމަށް ހައުސިންގް މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.