ޚަބަރު

734 އިޞްލާޙާއިއެކު އާ ވޯޓަރސް ލިސްޓު އާއްމުކޮށްފި


އަންނަ ސެޕްޓެމްބަރ މަހުގެ 23ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ވަގުތީ ލިސްޓަށް ހުށަހެޅި ޝަކުވާތައް އިޞްލާޙުކޮށް އާ ލިސްޓު މިއަދު ޢާންމުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ޢާންމުކުރި ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދިން މުއްދަތުގައި އެ ލިސްޓަށް 1700އަށް ވުރެ ގިނަ ޝަކުވާ ހުށައަޅާފައިވެއެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ވޯޓަރސް ލިސްޓު އާއްމުކުރީ ކުރީގެ ލިސްޓަށް 1254 އިޞްލާޙެއް ގެނައުމަށްފަހުއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު އާއްމުކުރި އާ ވޯޓަރސް ލިސްޓަށްވެސް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. އެގޮތުން މާދަމާއިން ފެށިގެން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހާއި ހަމައަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އިލެކްޝަނުން ބުނެއެވެ.

އިލެކްޝަންސް އިން ޢާންމުކޮށްފައިވާ ވޯޓަރސް ލިސްޓުގައިވާ ގޮތުން، ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ހައްޤު 263،000 މީހުންނަށް ލިިބިގެންވެ އެވެ. އޭގެތެރޭގައި 24،000 ޒުވާނުން އަލަށް ވޯޓުލާނެ ކަމަށް ބެލެވެއެވެ.

އިޞްލާޙުތަކާއި އެކު އާ ވޯޓަރސް ލިސްޓް އިލެކްޝަނުން މިއަދު އާެްމުކުރިއިރު މި މަހުގެ ތެރޭގައި ވޯޓަރސް ރަޖިސްޓްރޭޝަނަށް ފުރުޞަތު ހުޅުވާލާނެ ކަމަށްވެސް އިލެކްޝަނުން ވަނީ ބުނެފައެވެ.