ކާނާ

ރެސިޕީ : ސްޕާކްލިން އެޕަލް ޕަންޗް


އާންމުކޮށް ތައްޔާރުކުރާ ބުއިންތަކާ ތަފާތު މިބުއިމަކީ އަޖުމަބަލާލަން ރަނގަޅު ބުއިމެކެވެ. ތައްޔާރު ކޮށްލަން އެހާމެ ފަސޭހަވެފައި ވަގުތު ސަލާމަތް ވާނޭއެވެ.

ބޭނުންވާ ތަކެތި :

½ ހަނީޑިއު ލެމަން (ތޮށިމަށައި، ކުދިކޮށް ކޮށާފައި)
½ ރޮކްމެލަން (ތޮށިމަށައި، ކުދިކޮށް ކޮށާފައި)
1 ޖޯޑު މިންޓް ލީފް
750މލ އެޕަލް ސްޕާކްލިން ޖޫސް
ޗަސްކޮށްފައި ހުރި އައިސް

ތައްޔާރުކުރާނެ ގޮތް :

ބޮޑު ޖަގަކަށް ހަނީ ޑިއުމެލަން އަދި ރޮކް މެލަންތައް އަޅާށެވެ. އެއަށްފަހު މިންޓް އަދި އެޕަލް ސްޕާކްލިން ޖޫސްވެސް ޖަގުގެ ތެރެއަށްޅައި އެއްކޮށްލާށެވެ. ދެން މީގެ މައްޗަށް ޗަސްކޮށްފައިވާ އައިސްތައް އަޅާލާށެވެ. އޭރުން އެހުރީ ބުއިން ތައްޔާރުވެފައެވެ.