ކާނާ

ރެސިޕީ : އެރިބިއާޓާ ސްކްރެންބަލް ވިތް ކްރިސްޕީ ސަލާމީ


މިއީ ސްކްރެންބަލްޑް އެގްސް ތައްޔާރުކޮށްލަން ތަފާތު ގޮތެކެވެ.

ބޭނުންވާ ތަކެތި :

8 ބިސް
½ ޖޯޑު ކިރު
1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
1 ފިޔާ ( ކުދިކޮށްކޮށާފައި )
2 ލޮނުމެދު ( ޗަސްކޮށް، ކުދިކޮށްކޮށާފައި )
¼ މުގުރި ހިކި މިރުސް
100ގ ސަލާމީ ( ތުނިކޮށް ކޮށާފައި )
200ގ ޗެރީ ޓޮމާޓޯ ( ދެފަޅިކޮށްފައި )
2 މޭޒުމަތީ ސަމުސާ ޕާރސްލީ ( ކުދިކޮށްކޮށާފައި )
8 ފޮތި ޕާން

ތައްޔާރުކުރާނެ ގޮތް :

ފުރަތަމަ ޖަގެއްގައި 8 ބިސް މިކްސްކޮށްލާފައި އެއްކައިރީގައި ބަހައްޓާލާށެވެ.
ދެން އުދުންމަތީގައި މެދުގިނީގައި ތާހަކަށް ތެޔޮކޮޅުއަޅާ ހޫނުކޮށްލާށެވެ. އޭތެރެއަށް ފިޔާ، ލޮނުމެދު، މުގުރި ހިކި މިރުސް، ސަލާމީ އަދި ޓޮމާޓޯ އަޅާށެވެ. ސަލާމީ އަދި ޓޮމާޓޯތައް މަޑުވެ ކެއްކޭހާއިރުކޮށްފަ ބޯތައްޓަކަށް މިތަކެތި ބަދަލުކޮށްލާށެވެ.
ދެން އުދުން މަޑުގިންޔަށްލާފައި، ހަމަކުރިން ބޭނުންކުރި ތާހުގައި ބިސްތައް އަޅައިގެން ކައްކަންފަށާށެވެ. 2-3 މިނެޓުވަންދެން ބިސްތައް ދޭފަތުން ސްކްރެންބަލްކުރާށެވެ. ދެން މީގެތެރެއަށް ކުރިން މީރުކުރި ސަލާމީ މިކްސްގަނޑު އަޅާ އެއްކުރާށެވެ. އަދި 2 މިނެޓެއްހާއިރު ބަހައްޓާށެވެ. ކައްކާނިމުމުން މީގެ މައްޗަށް ޕާސްލީ އަޅާށެވެ. މިއީ ޕާނާއެކު ކާން މީރު އެއްޗެކެވެ.