ކާނާ

ރެސިޕީ : ސޭވަރީ މިންސް އެންޑް ސުއިޓް ޕޮޓޭޓޯ ޕައި


ރަހަތަފާތުކޮށްލުމަށް މި ސޭވަރީ މިންސް އެންޑް ސުއިޓް ޕޮޓޭޓޯ ޕައި މިއީ ވަރަށް ސަޅި ޑިޝްއެކެވެ.

ބޭނުންވާނެ ތަކެތި :

1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
500ގ މިންސް ބީފް
250ގ ޓޮމާޓޯ ޕިއުރީ
400ގ ޓޮމާޓޯ، ކޮށާފަ
1 ޖޯޑު ޗިކަން ސްޓޮކް
1 ކިލޯ ދަނޑިއަޅުވި ( ތޮށިމަށާ، ކުދިކޮށްކޮށާފައި )
½ ޖޯޑު ކިރު
30ގ ބަޓަރ
1 ½ މޮޓްޒެރެއްލާ ޗީޒް ( ގާނާފައި )
1 ޖޯޑު ގަނޑުކޮށްފައި ހުރި ފެހި އޮއް

ތައްޔާރުކުރަނެ ގޮތް :

ތާހަކަށް ތެޔޮކޮޅެއްއަޅައި ގިނިގަދަކޮށް ތެޔޮކޮޅު ހޫނުކުރާށެވެ. ތެޔޮކޮޅުގެ ތެރެއަށް މިންސް ބީފްކޮޅު އަޅާ 8 ވަރަކަށް މިނެޓު ރޯފިލަންދެން ކައްކާލާށެވެ. ދެން މީގެތެރެއަށް ޓޮމާޓޯ ޕިއުރީ، ކޮށާފައިވާ ޓޯމާޓޯ އަދި ޗިކަން ސްޓޮކް އަޅާށެވެ. ހުރިހާއެއްޗެއް ބޮކިއަރަންދެން ކައްކާލާށެވެ. ދެން ގިނި އެކުގައި މަޑުކޮށްފައި ފެހި އޮއްތައް އަޅުމަށްފަހު 20 މިނެޓުވަންދެން ތާހުގެ މަތިޖަހާފައި މިންސްގަނޑު ކައްކާލާށެވެ.
މިއެއްޗެތި ކައްކަމުންދާއިރު ކޮށާފައިވާ ދަނޑިއަޅުވިކޮޅު މަޑުވަންދެން ފެނުކައްކާށެވެ. ރަގަނޅަށް މިއެއްޗެތި މަޑުވުމުން ފެންގަނޑު ހުސްކޮށްލާފައި، ރަގަނޅަށް ދަނޑިއަލުވިތައް ޗިސްކުރާށެވެ.
ދެން އަވަން 180 ޑިގްރީއަށްލާ ހޫނުކުރަން ޖައްސާށެވެ. އަދި ބޭކިން ޓްރޭއެއްގައި ތެޔޮއުގުޅާށެވެ. ޓްރޭގެ ތެރެއަށް ކުރިން މީރުކުރި ބީފްއަޅާ ފަތުރާލާށެވެ. އަދި ބީފްގެ މައްޗަށް ޗަސްކުރި ދަނޑިއަލުވިކޮޅު އަޅާށެވެ. ދަނޑިއަލުވިތައް ފަތުރާލުމަށްފަހު އޭގެ މައްޗަށް ޗީޒްތައްއަޅާ ފަތުރާލާށެވެ. އަދި އަވަނަށްލާ 20 މިނެޓު ފިހެލާށެވެ. މިހުރީ ޕައި ތައްޔާރުވެފައެވެ.