ކާނާ

ރެސިޕީ : ސްޕައިސީ ދާލް


މުގުރިހައަކީ ދިވެހިންގެ މެދުގައި އައު އެއްޗެއް ނޫނެވެ. މިފަހަރު މިގެސްދެނީ އާންމުކޮށް އާންމުކޮށް މުގުރިހަ ތައްޔާރުކުރަ ގޮތާ ތަފާތު ރެސިޕީއެކެވެ.

ބޭނުންވާ ތަކެތި :

2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
1 ފިޔާ ( ކުދިކޮށްކޮށާފައި )
¼ ޖޯޑު ހިކަނދިފަތް
2 ލޮނުމެދު ކޮޅު ( ކުދިކޮށްކޮށާފައި )
2 ސައިސަމުސާ މުގުރި ދިރި
1 ސައިސަމުސާ ރީނދޫ
1 ސަމުސާ ލޮނު
1 މޭޒުމަތީ ސަމުސާ އަސޭމިރުސް
1 މޭޒުމަތީ ސަމުސާ ތެޅި މިރުސް
1 ޖޯޑު މުގު
2 ½ ވެޖަޓަބަލް ސްޓޮކް
2 ޓޮމާޓޯ ( ކޮށާފައި )
½ ޖޯޑު ކޮރިއަންޑާ ފަތް

ތައްޔާރުކުރާނެ ގޮތް :

ފުރަތަމަ ތާހެއް އުދުން މައްޗަށްލައި ތެޔޮކޮޅުއަޅައި މެދުގިނީގައި ހޫނުކުރަން ޖައްސާށެވެ. ތެޔޮކޮޅު ހޫނުވުމުން އޭގެތެރެއަށް ފިޔާ، ހިކަނދިފަތް، ލޮނުމެދު އަޅައި 2 މިނެޓު މީރުކޮށްލާށެވެ. ދެން މުގުރި ދިރި، ރީނދޫ، އަސޭމިރުސް އަދި ތެޅި މިރުސް އަޅާ ފިޔާކޮޅާއެކު މީރުކޮށްލާށެވެ. 2 މިނެޓުވުމުން މުގުކޮޅުއަޅާ އެއްކޮށްލާށެވެ. ދެން މީގެތެރެއަށް ވެޖެޓަބަލް ސްޓޮކްއަޅާ ބޮކިއަރަންދެން ކައްކާލާށެވެ. އެއަށްފަހު އުދުން މަޑުގިންޔަށްލާފައި 15 މިނެޓު ވަންދެން ތާހުގެ މަތިޖަހާލައިގެން ކައްކާލާށެވެ. ފަނަރަ މިނެޓުވުމުން ކޮށާފައިވާ ޓޯމާޓޯކޮޅު އަޅާލައިގެން 5 ވަރަކަށް މިނެޓު ރިހަގަނޑު ކައްކާލާށެވެ. ރިހަ ކައްކާނިމުމުން މައްޗަށް ކޮރިއަންޑާ ފަތްކޮޅުއަޅާ މަތިޖަހާފައި ބަހައްޓާށެވެ.