ޚަބަރު

އޮސްޓްރޭލިއާގެ ސަފީރު ފޮރިން ސެކްރެޓަރީ އަޙްމަދު ސަރީރާއި ބައްދަލުކުރައްވައިފި


އޮސްޓްރޭލިއާއިން ދިވެހިރާއްޖެއާއި ސްރިލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބްރައިސް ހަޗަރސަން ރާއްޖޭގެ ފޮރިން ސެކެޓްރީ އަޙްމަދު ސަރީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ފޮރިންޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އެގޮތުން އިންސާނީ ވަސީލަތްތައް އިތުރުކުރުމާއި، ޓެރެރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި، ވިޔަފާރީގެ ދާއިރާއިން ދެ ޤައުމު ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

އޮސްޓްރޭލިއާއިން ދިވެހިރާއްޖެއާއި ސްރިލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބްރައިސް ހަޗަރސަން ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނުވަނީ އިޖްތިމާއީ އެކި މައްސަލަތަކާގުޅޭ ގޮތުން މީހުން ހޭލުންތެރިކުރުމަށް، ޔޫއެންޑީޕީއިން ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކުރު ފިލްމް އުފެއްދުމުގެ ފެސްޓިވަލްގެ 2 ވަނަ ބުރަށް ހޮވުނު ބައިވެރިނަށް ތަމްރީން ދިނުމުގެ ޕްރޮގްރާމްގައިވެސް ބައިވެރިވެ ވަޑައިގެންފައެވެ.