ކާނާ

ރެސިޕީ : މެޑިޓަރޭނިއަން ޕުލް-އަޕާޓް ލޯފް


ބޭކަރީތަކުގައި ތައްޔާރުކޮށްފައި ހުންނަ އެކި ޒާތުގެ ޕާން ފެމުމުން ކޮންމެސް މީރުއެއްޗެއް އޭގެން ތައްޔާރުކޮށްލަން ބޭނުންވާ ފަރާތްތަކަށް މިއީ ފަސޭހަ ރެސިޕީއެކެވެ.

ބޭނުންވާ ތަކެތި :

ފިހެފައިވަ ފޮތިނުކުރާ ޕާން ލޯފް
100ގ ބަޓަރ ( ފިނިކަނޑުވާފައި )
2 ލޮނުމެދު ކޮޅު ( ޗަސްކޮށް، ކޮށާފައި )
1/3 ޖޯޑު އޮލިވް ( އޮއްނަގާ، ކޮށާފައިވާ )
1/3 ޖޯޑު ކެޕްސިކަމް ( ކުދިކޮށްކޮށައި، އަވަނަށްލާ 5 ވަރަކަށް މިނެޓު ފިހެފައި )
1/3 ޖޯޑު ޓޮމާޓޯ ( ކުދިކޮށްކޮށައި، އަވިން ނުވަތަ އަވަނުން ޑްރައިކޮށްފައި )
ކުދިކުދިކޮށް ސްލައިޒްކޮށްފައި ހުރި މޮޓްޒަރެއްލާ
1 ޖޯޑު ގާނާފައިހުރި މޮޓްޒަރެއްލާ
1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް

ތައްޔާރުކުރާނެ ގޮތް :

ފުރަތަމަ އަވަން 200 ޑިގްރީއަށްލާފަ ހޫނުކޮށްލާށެވެ.
ބޭކިން ޓްރޭއެއްގައި ފޮއިލް އަޅާށެވެ. ( ފޮއިލްގަނޑު މުޅި ޕާން ލޯފްފައި ވަށާލެވޭވަރަށް ބޮޑު ވާންވާނެއެވެ )
ދެން ޕާން ލޯފްގެ ފޫ ނުދާވަރަށް ވަޅިން މަތީގައި ދެކޮޅަށްވާގޮތައް ޅިޔައަޅާށެވެ. މިލޯފް ކުރިން ފޮއިލް އެޅި ޓްރޭގައި ބާއްވާށެވެ.
ވަކިން ބޯތައްޓެއްގައި ބަޓަރު އަދި ޗިސްކުރި ލޮނުމެދު އެއްކުރާށެވެ. އެހެން ބޯތައްޓެއްގައި އޮލިވްސް، ކެޕްސިކަޕް، ޓޮމާޓޯ އަޅާ މިކްސްކުރާށެވެ.
ކުރިން އެއްކުރި ބަޓަރ އަދި ގާލިކްތައް ޕާނުގެ ޅިއަޅާފައިވާ ދޭތެރެތަކާ މަތީގައި ރަގަނޅަށް ކާތާށެވެ. ދެން އަނެއް ބޯޓަށީގައި އެއްކުރި އެއްޗެހިތައްވެސް ޕާނުގެ މައްޗާ ޅިޔައެޅި ދޭތެރެތަކުގައި ކާތާށެވެ. ދެން ފޮތިކޮށް ކޮށާފައިވާ މޮޓްޒަރެއްލާތައް ޅިއައަޅާފައިވާ ޕާނުގެ ދޭތެރެތަކަށް ލާށެވެ. އަދި ޕާނުގެ މައްޗަށް ގާނާފައިހުރި މޮޓްޒަރެއްލާތައްއަޅާށެވެ. މިއަށްފަހު ފޮއިލް ގަނޑު ޕާނުގެ ވަށައިގެން އޮޅާލާފަ، އަވަނަށްލާ 20 މިނެޓު ފިހެލާށެވެ. ވިހި މިނެޓުވުމުން ފޮއިލް ހުޅުވާލާފަ، ފަސް މިނެޓުވަންދެން ޕާން އަނެއްކާވެސް ފިހެލާށެވެ.