ކާނާ

ރެސިޕީ: ޗީޒީ ޓޫނާ މެލްޓް ބަން


މީއީ ރޯދަ ވަރުބަލިދުވަހެއްގައި ތައްޔާރުކޮށްލަން ވަރަށް ފަސޭހަ ލުއި ކާއެއްޗެކެވެ. ތައްޔާރުކުރަން މާގިނަ ބާވަތްތަކެއް ބޭނުމެއް ނުވާނެއެވެ.

ތައްޔާރުކުރަން ބޭނުންވާނެ ތަކެތި
1 މަސް ދަޅު
1/3 ޖޯޑު ސެލެރީ (ކޮށާފައި)
2 މޭޒުމަތީ ސަމުސާ މެޔޮނައިޒް
4 ކުދި ބަނަސް
ތުނިކޮށް ފޮތިފޮއްޗަށް ކޮށާފައިވާ ޓޮމާޓޯ (4 ފޮތި)
8 ޗީޒް ސްލައިޒް (ފިނި ކަނޑުވާފަ)
2 ސަމުސާ ބަޓަރު

ތައްޔާރުކުރާނެ ގޮތް :
ފުރަތަމަ އަވަން 150ޑ އަށް ޖައްސާފައި، 2 މިނެޓު ހޫނު ވަންދެން ބަހައްޓާލާށެވެ. ދެން ބަނަސްތައް ދެފަޅިކޮށްފައި، އެތެރެފުށުގައި ބަޓަރު ކޮޅެއް ކާއްތާލުމަށްފަހު، ބަޓަރު ކޭއްތި ފަޅި މައްޗަށްވާގޮތައް އަވަނުގެ ޓްރޭގައި އަތުރާފަ އަވަނަށްލާ ދެތިން މިނެޓު ފިހެލާށެވެ.
ބޯތައްޓެއްގައި މަސްކޮޅާ، ސެލެރީ، މެޔޮނައިޒް އަދި ލޮނުކޮޅު ރަގަޅަށް މޮޑެލާށެވެ. ދެން ބަންގެ ތެރެއަށް ޓުނާ މިކްސްގަޑު އަޅާފައި، ޓޮމާޓޯ ފޮއްޗެއް އަދި ޗީޒް ދެފޮތިލުމަށްފަހު އަވަނުގައި 5 މިނެޓު ހޫނު ކޮށްލާށެވެ.
މިހާރުމިހުރީ ބަން ތައްޔާރުވެފައެވެ.